އޭދަފުށީގައި ދީނީ ދަރުސް ދެއްވުމަށް ޝައިޚް އާދަމް ޝަމީމް ވަޑައިގަންނަވަނީ

photo_2022-04-18_08-46-43.jpg

އޭދަފުށީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ދީނީ ދަރުސް ދިނުމަށް ވެލާ ސްޕޯޓްސް ކްލަބްގެ ފަރާތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާދަމް ޝަމީމް ގެންނަން ހަމަޖެހިފައިވާކަމަށް އެކްލަބުން ބުނެފިއެވެ.

ވެލާއިން ބުނީ ޑރ. ޝަމީމްގެ މި ދަތުރުގައި އޭދަފުށީގައި ދެ ދަރުސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ ދެ މައުޟޫއަކަށް ކަމަށްވެސް ވެލާއިން ހާމަކުރި އެވެ. ”ފުރަތަމަ ދަރުސް އޮންނާނީ މާދަމާގެ އަސްރު ނަމާދަށް ފަހު އޭދަފުށީގެ މަސްޖިދު މުއީނުއްދީންގަ.   މައުޟޫއަކީ މިސްކިތުގެ އަދަބުތައް.“ ވެލާއިން ސާފުކޮށްދެއްވި އެވެ.

ދެވަނަ ދަރުސް ދިނުން އޮންނާނީ މާދަމާ ރޭ 21.30ގައި ބޮޑު ސްޓޭޖް ގައެވެ. މައުޟޫއަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަމާ ބެހޭ ގޮތުންނާއި ނަމާދާ ބެހޭ ގޮތުންނެވެ. މިދަރުސް ޚާއްސަވަނީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ އިތުރުން މައިންބަފައިންނަށެވެ.

ޝައިހް އާދަމް ޝަމީމުގެ ކޮންމެ ދަރުހަކީވެސް މައުލޫމާތުން ފުރިގެންވާ އަދި ޝައުގުވެރިކަމާއެކު އަޑު ވަރަށް ގިނަ ބަޔަކު އަޑުއަހަމުން ގެންދާ ދަރުސް ތަކެއްކަން ފާހަގަ ކުރެވެއެވެ.

ވެލާއިން އުއްމީދުކުރަނީ އޭދަފުށީ ރައްޔިތުންގެ ގާތަށް ޝައިޚް އާދަމް ޝަމީމް ވަޑައިގެން ޝައިޚުގެ ދަރުހެއް އަޑުއަހާލަން ލިބުނު މި ރަނުގެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށެވެ. އެގޮތުން ވީހާވެސް ގިނަ ބަޔަކު މި ދަރުސްތައް އަޑު އެއްސެވެމުަށް ވަޑައިގަތުމަށް ވެލާސްޕޯޓްސް އިން ދައުވަތު އަރުވައެވެ.

މި ދަރުސް ކުރިއަށް ގެންދިއުމަށް ”ބްރޭކިންގ ވޭވްސް“ ގެފަރާތުން ވެލާ ސްޕޯޓްސް އަށް ލިބުނު އެހީތެރިކަން އެކްލަބުން ފާހަގަ ކުރެއެވެ.

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top