ބ.އަތޮޅުގެ ރަށްތަކަށް ކުޅިވަރާ ބެހޭ ތަކެތި ހަދިޔާ ކޮށްފި

Youth-1024x769.jpg

ޔޫތު މިނިސްޓްރީން އޭދަފުއްޓަށް ކުޅިވަރު ސާމާނު ހަދިޔާކުރަނީ– ފޮޓޯ/ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީގެ ފަރާތުން ބ.އަތޮޅުގެ ރަށްތަކަށް ކުޅިވަރާ ބެހޭ ބައެއް ތަކެތި ހަދިޔާ ކޮށްފިއެވެ.

ރާއްޖޭގެ ރަށްރަށުގައި ހިންގަމުން އަންނަ ކުޅިވަރު މަރުކަޒުތަކާއި ކްލަބް ޖަމިއްޔާ ތަކަށް އެހީވުމުގެ ގޮތުން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އިއްޔެ ވަނީ ބ.އަތޮޅުގެ މާޅޮސް، ކެންދޫ، ކަމަދޫ، ދޮންފަނު، ކުޑަރިކިލު، ކިހާދޫ އަދި އޭދަފުއްޓަށް ކުޅިވަރާބެހޭ ބައެއް ތަކެތި ހަދިޔާކޮށްދީފައެވެ. ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ފުޓްސަލް ބޯޅަ، ފުޓްބޯޅަ، ބެޑްމިންޓަން ކުޅޭ ސާމާނު، ބަށި، ބާސްކެޓް، ޓީޓީ، ޑާޓް، ރާޒުވާ އަދި ބިލިޔާޑް ކުޅޭ ސާމާނު ހިމެނެ އެވެ.

ޔޫތު މިނިސްޓްރީން ބުނީ މި އެހީއަކީ ރައީސް ޔާމީންގެ ސިޔާސަތެއް ކަމުގައިވާ އާބާދީ އަށް ބެލުމެއް ނެތި އެއްވެސް ޒުވާނަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ވެދެއްވަމުން ގެންދަވާ އެހީއެއް ކަމުގައެވެ.

ޔޫތު މިނިސްތްރީ އިން އަންނަނީ ރޯދަމަސް ފެށުމާއިއެކު އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކޮށް ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ސާމާނު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރައީސް ޔާމީންގެ ރިޔާސީ އެއް ވައުދު ކަމަށްވާ ސްޕޯޓްސް އެރީނާގައި ހިމެނޭ ކުޅިވަރުގެ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ އެތަން ތަނަށް ބޭނުންވާ ލައިޓްތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top