ދިވެހި ބަހުގެ ރަދީފު އެޕްލިކޭޝަން އިފްތިތާހުކޮށްފި

large_1652212048149Oio.jpg

ދިވެހި ބަހުގެ ރަދީފް އެޕްލިކޭޝަން ތަރިކަ އާއި ސަގާފަތާއި ތާރީޚާ ބެހޭ ވަޒީރު ޔުމްނާ މައުމޫން އިފްތިތާހުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

36000 ލަފްޒާއެކު ދިވެހިބަހުގެ ދިވެހި ބަހުގެ ރަދީފު އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.

ދިވެހިބަހުގެ އެކެޑަމީން އައިފޯނަށާއި އެންޑްރޮއިޑް ފޯނުތަކަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ  މިއެޕްލިކޭޝަން އިފްތިތާހުކުރީ ރޭ ބޭއްވި ވާހަކަ ދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި، ތަރިކަ އާއި ސަގާފަތާއި ތާރީޚާ ބެހޭ ވަޒީރު ޔުމްނާ މައުމޫނެވެ.

މިރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ ދިވެހި ބަސްފޮތުގެ އެޕްލިކޭޝަނަކީ ދިވެހި ބަސް ޓެކްނޮލޮޖީއާ ރައްޓެހިކޮށް ޓެކްނޮލޮޖީގެ އިތުރު މަންސަތަކަށް ގެންދިއުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ. ހަމައެހެންމެ އެ އެޕްލިކޭޝަންގެ އާ އަޕްޑޭޓެއް ވަރަށް އަވަހަށް އަންނާނެކަމަށާއި، އެ އަޕްޑޭޓަކީ ދިވެހި ބަސް އެހެން ހަރުފަތަކަށް ގެންދިއުމަށް މި ކުރާ މަސައްކަތް ރަނގަޅަށް ދައްކުވައިދޭނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

“ދެން މި އެޕްލިކޭޝަންގެ އަޕްޑޭޓް ކުރާއިރު ދެ މާނަ ދޭހަވާ ބަސްބަހާއި، އިދިކޮޅު މާނަ ދޭހަވާ ބަސް އަދި އެއް ބަހުން ކުރި ފަޅާފައި ހުންނަ ބަސްބަސް ވެސް އަންނާނެ،” ޔުމްނާ ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ވިދާޅުވީ އެ ރަދީފު އެޕްލިކޭޝަންގައި 36،637 ލަފުޒު ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން 53 ހާހަށްވުރެ ގިނަ މާނަ އަދި 235،000 ލަފްޒުތަކާއި މާނަތައް އިސްލާހު ކޮށްފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ކޮންމެ އިންސާނަކީ ވެސް ކުށް ކުރެވޭނެ ބައެއްކަމަށާއި ކުށެއް ފެނިއްޖެ ނަމަ އަޅުގަނޑުމެންނަށް އަންގަވައި ދެއްވުމުން އެކަން ބަލއިދޭނެ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top