އޭދަފުއްޓަށް ސްޕޯޓްސް ކައުންސެލަރެއް ހޯދަނީ

DSCN8670.jpg

އޭދަފުއްޓަށް ސްޕޯޓްސް ކައުންސެލަރެއް ހޯދަން އިއުލާނު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ކޮށްފައިވާ މި އިއުލާނުގައި ބުނެފައިވާ ގޮތުން ސްޕޯޓްސް ކައުންސެލަރ ވަޒީފާ އަދާކުރަން ޖެހެނީ އޭދަފުށީގައި ހުންނަ  އިޖްތިމާއީ މަރުކަޒުގަ އެވެ.

މި މަގާމުަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއެކު، ‘ސެކަންޑަރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިހާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވާ މީހަކަށް ވާންޖެހެ އެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 03 މާރިޗު 2020 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށް ހުށައެޅުއްވުމަށް އެމިނިސްޓްރީން އެދިވަދައިގަންނަވައެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 މާރިޗު 2020 އާއި 05 އޭޕްރިލް 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ނުވަތަ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިއްބެވުމަކީވެސް އެމިނިސްޓްރީގެ އެދުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top