ވެލިނެގުން މަނާ ސަރަހައްދަކުން ވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައެްޖެ

Coco-Palm-Dhunikolhu-Maldives-Cocopalm-cocopalmdhunikolhu-dhuni-kolhu-maldive-Baa-atoll-Aerial-View_1.jpg

ކޮކޯޕާމް. ބ. ދުނިކޮޅު

ވެލި ނެގުން މަނާ ސަރަހައްދަކުން ވެލި ބަރުކޮށްގެން ދަތުރުކުރި ކޮކޯޕާމް ރިސޯޓް ގެ ދޯންޏެއް ބ. ވިލިނގިލި ކައިރިއަށް އަޑިއަށް ހިނގައްޖެއެވެ.

އިއްޔެ ހިނގި މި ހާދިސާ އާގުޅޭ ގޮތުން ކޮކޯޕާމް ރިސޯޓުން ބުނީ ވެލި ބަރުކޮށްގެން ދަތުރުކުރި އެރިސޯޓުގެ ދޯންޏެއް އަޑިއަށް ގޮސްފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމުގައެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި އަޑިއަށް ދިޔައީ ދޯނީގައި ހުރި ދިޔަހިއްކާ ޕަންޕު ނިވިގެން ދިޔަގަނޑު ކޮންޓްރޯލް ނުވެގެންނެވެ.  ދޯނި އަޑިއަށް ދާން ފެށުމުން އެވަގުތު ދޯނީގައި ތިބި ދެމީހުން ވަނީ ދޯނި ދޫކޮށް ކައިރީގައި އޮތް އެނބޫދޫއަށް ފަތާފައި ގޮސް އަރާފައެވެ.

އަޑިއަށް ދިޔަ ދޯނި ހޯދުމުގެ މަސައްކަތް ކޮކޯޕާމް ރިސޯޓުން ކުރަމުންދާއިރު ދޯނި އަޑިއަށް ދިޔައީ ޤަވާއިދާ ޚިލާފަށް ވެލި ނަގައިގެން ދަތުރު ކުރަނިކޮށް ކަމަށްވާތީ އެރިސޯޓުން މިހާދިސާ ރިޕޯޓް ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މި ޚަބަރާ ގުޅިގެން ފުލުހުން ވިދާޅުވީ ދޯންޏެއް އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް އާންމު ފަރާތަކުން ކޮށްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށާއި އަޑިއަށް ދިޔަ ދޯނިން އަދި ރިސޯޓުން ވެސް މިހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާކަމުގައެވެ.

އަޑިއަށް ދިޔަ ދޯނި ދުއްވަން ހުރި މީހަކީ ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެކެވެ.

ބ.އަތޮޅަކީ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އަތޮޅަކަށް ވާތީ އެއަތޮޅުގެ އެއްވެސް ސަރަހައްދަކުން ވެލި ނެގުމަކީ މަނާ ކަމެކެވެ.

 

 

.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top