މާއްޑޫ، ދަނޑުވެރިކަމަށް ދޫކުރަނީ !

Baa-Madhoo-eydhafushitimes-pic.jpg

އޭދަފުށީގެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޭދަފުށީގެ ދެކުނު ފަރާތުގައި ޖެހިގެން އޮތް މާއްޑޫ،  ދަނޑުވެރިކަން ކުރުމަށް 21 އަހަރަށް ކުއްޔަށް ދޫކުރާ 6ރަށުގެ ތެރޭގައި ހިމަނައި އެކަން އާއުމުކޮށް އެންގުމަށް އިއުލާނު ކޮށްފިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި ދަނޑުވެރިކަން ކުރުމަށް ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ މަގުސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަން ޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމެވެ.

އޭގެއިތުރުން، ކޯލި (ޕޯލްޓްރީ) އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވެސް އިތުރުކުރުން ކަމަށެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަން ޖެހޭ ހަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށް ތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ.

އެ ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 ޕަސެންޓް މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ބީލަން ފޮތް ވިއްކަން ހަމަޖެހިފައި ވަނީ 14 އޮކްޓޫބަރުން ފެށިގެން ފަހެއް ނޮވެންބަރު ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށް މި މިނިސްޓްރީގެ ޖަލްސާކުރާ މާލަން (ވެލާނާގެ 2 ވަނަ ފަންގިފިލާ) އިންނެވެ.

ބީލަން ފޮތެއްގެ އަގަކީ 2000 ރުފިޔާ ކަމަށާއި ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތް ނޫން އެހެން ފަރާތަކުން ހުށަހަޅާ ބީލަން ގަބޫލު ނުކުރެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ބީލަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޒޫމް މެދުވެރިކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top