ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށް ފެހެންދޫ ފައިނަލަށް

DSCN2885.jpg

ބ.އަތޮޅު ފުޓްބޯލް ޗެލެންޖްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އޭދަފުށި ބަލިކޮށް ފެހެންދޫ ފައިނަލަށް ހިނގައްޖެއެވެ. ފެހެންދޫ ފައިނަލްގެ ޖާގަ ކަށަަވަރު ކުރީ މިއަދުގެ މެޗު ނިމުނުއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމާއެކު ޕެނަލްޓީ ޝޫޓް އައުޓްގައި 2-4ގެ ތަފާތުންނެވެ.

ފެހެންދޫން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައިވާއިރު އޭދަފުށްޓަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. އިތުބާރު ފޯވަރޑް އަދި ގައުމީ ޓީމުގެ ކުޅުންތެރިޔާ އަލީ ފާސިރު ޖެހި ޕެނަލްޓީއާއި އޭދަފުށީ ޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިނުމުގައި ބޮޑު ހިއްސާ އެއް އަދާކުރި މުހައްމަދު ފާސިރުގެ ޕެނަލްޓީ ފެހެންދޫގެ ހުޝިޔާރު ގޯލް ކީޕަރުވަނީ ހިފަހައްޓާފައެވެ. އެއާއެކު އޭދަފުށްޓަށް ދެ ޕެނަލްޓީ ގެއްލުމާއެކު މުބާރާތުގެ ފައިނަނަލަށް ދަތުރު ކުރަން އޮތް މަގު ބަންދުވެ މުބާރާތުން ވަކިވާން ޖެހުނީއެވެ.

ފެހެންދޫގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ޙުސައިން ޝިފާޢު އާއި އަޙްމަދު ޝާން އާއި އަޙްމަދު ނިޒާމް (ނިޒާމްބެ) އަދި މުޙައްމަދު ރަޝީދު (ހޮކޭ) އެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު 3:45ގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ އެއްވަނަ ގޮއިދޫ އާއި ގްރޫޕް އޭގެ ދެވަނަ ކިހާދޫ އެވެ.ފައިނަލްގައި ފެހެންދޫއާ ބައްދަލުކުރާނީ މި މެޗުން މޮޅުވާ ޓީމެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top