”އިންޑިއާއިން ފިޔާ، އަލުވި ލިބޭތީ ކުޑަކަކޫ މައްޗަށް ތިރިވާކަށް ނުޖެހޭ“

photo_2022-10-16_22-15-59-pwb3dk1wlxl3lzwecbhtx11skhcl4k4j99q4ysgsr8.jpg

16.10.22---ހއ.ކެލާގައި ޕިޕީއެމް އިން ބޭއްވި ޖަލްސާ

އަވައްޓެރި އިންޑިއާ އިން ފިޔާ ކޮޅަކާއި އަލުވި ކޮޅެއް ލިބޭތީ ކުޑަކަކޫ މައްޗަށް އިސްތިގުލާލު ލައިގެން ތިރިވާން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ބޮޑު ތިލަދުން މަތީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ހއ. ކެލާގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާ ތިބުމަކީ ހަމައެކަނި އެމަނިކުފާނު ތަހައްމަލު ކުރާ އުނދަގުލެއް ނޫން ކަމަށާއި ރާއްޖެއިން އިންޑިއާ ސިފައިން ބޭރުކުރަން ޕީޕީއެމް ފިޔަވައި އިތުރު ޕާޓީއެއް ނުނިކުންނާނެ ކަމަށެވެ.

“އިންޑިއާއިން ފިޔާ އާއި އަލުވި ލިބޭތީ ކުޑަކަކޫ މައްޗަށް ތިރިވާން ނުޖެހޭނެ. އަޅުގަނޑުމެންނަކީ ﷲގެ ރަހުމަތުން މަހުރޫމް ވެފައި ތިބި ބައެއް ނޫން. އަޅުގަނޑުމެންނަކީ އެއްގޮތަކަށް ވެސް އެހެން ދިމަ ދިމާލުން ކަންކަން ނުކުރެވޭ ވަރުގެ ނާގާބިލު ހާލަތެއްގައި ތިބި ބައެއް ނޫން“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފިޔާ އާއި އަލުވި އިންޑިއާ ފިޔަވައި އެހެން ތަންތަނުން ވެސް ލިބޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވަޒީރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ފިޔާ އާއި އަލުވީގެ ވާހަކަ ދައްކާފައި ދިވެހިންގެ އިސްތިގުލާލާ ނިސްބަތް ކުރުމަކީ ލަދުވެތި އަދި ހުތުރު ކަމެއް ކަމަށެވެ.

އިންޑިއާއިން އިމްޕޯޓްކުރާ ތަކެތި ދުނިޔޭގެ އެހެން ދިމަދިމާލުން ވެސް ހޯދޭނެ ކަމަށާއި ދިވެހިން ތިބީ އެކަން ނުކުރެވޭ ވަރުގެ ނާގާބިލު ހާލަތެއްގައި ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، ބޭރުގެ އަސްކަރިއްޔާ ރާއްޖެގައި ތިބުމަށް މިކޯލިޝަންގެ ހުރިހާ ބައިވެރިން ވެސް ތިބީ ތާއީދު ކޮށްގެން ކަމަށެވެ. އޭގެ ތެރެއިން އަދާލަތު ޕާޓީއަށް އެއްގޮތަކަށް ވެސް ބަރީއަ ނުވެވޭ ކަމަށް ވިދާޅުވިއެވެ.

ޔާމީން ވަނީ މި ސަރުކާރުން މަސްވެރިކަމަށް ގަސްތުގައި އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ އެކަމުގައިވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން، ސަރުކާރުން މަސްވެރިންނަށް އިހުމާލް ވަނީ ނޭނގިގެން ނޫންކަމަށާއި ރަށެއްގައި އައިސްޕްލާންޓް ހަލާކުވެފައި ހުރިކަން ނުވަތަ އެ ރަށުގައި އައިސްޕްލާންޓް ނުބަހައްޓާކަންވެސް ފިޝަރީޒް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ގައުމު ސަލާމަތް ކުރުމަށް ޕީޕީއެމުން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top