ފުރަބަންދުގައި ޑިޝާ އުޅެނީ ޓައިގަރުގެ ގޭގައި؟ !

tiger-disha_1.jpeg

ކޮވިޑް-19 އާގުޅިގެން މުޅި އިންޑިއާ މިހާރު ފުރަބަންދުގައި އޮތްއިރު އިންޑިއާއާ ބެހޭ ގޮތުން މީހުންގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުއްޓިފައިވާ އެއް ދާއިރާއަކީ ބޮލީވުޑެވެ. ފުރަބަންދުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކުރާ ކަންތަކަށެވެ.

މިހާރު ފެތުރިގެން އުޅޭ އެންމެ ހޫނު އެއް ޚަބަރަކީ 2016ގައި އެމްއެސް ދޯނިން ފިލްމީ ދުނިޔެއަށް ތައާރަފްވެ ފިލްމީ ދުނިޔޭގެ މެދު އުޑުގައި ފިޔަޖަހަމުން އަންނަ ތަރި، ޑިޝާ ޕަޓާނީ، އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ޓައިގާޝްރޮފް އާއެކު އެއްގޭގައި ދިރިއުޅެމުން ދާ ވާހަކަ އެވެ.

މި ޚަބަރުތައް ފެތުރުމާއެކު މިކަމުގެ ހަގީގަތް މިހާރު ވަނީ ޓައިގާގެ ދައްތަ ކްރިޝްނާ ސާފުކޮށްދީފަ އެވެ.

“އެއީ ތެދެއް ނޫން. ޑިޝާ އަހަރެމެންނާ އެއްކޮށް ނޫޅުނަސް އޭނާ ދިރިއުޅެނީ އަހަރެމެންނާ ވަރަށް ކައިރީގައި. އެހެންވެ ގްރޯސެރީ ފިހާރަތަކަށާއި ބާޒާރު ކުރަން ފިހާރަތަކަށްވެސް ދަނީ އެކުގައި.”ކުރީގެ އެކްޓަރު ޖެކީޝްރޮފް ގެ އަންހެން ދަރިފުޅު ”މުންބާއީ މިރާ” އަށް ސާފު ކޮށްދިނެވެ.

ޓައިގާ އާއި ޑީޝާގެ ގުޅުމާބެހޭ ގޮތުން އެނޫހުން ކުރި ސުވާލަށްވެސް ކްރިޝްނާ ޖަވާބު ދިނެވެ.

“އެ ދެމީހުންނަކީ ވަރަށް ކުރިން ފެށިގެން ވެސް ގާތް އެކުވެރިން. މިގުޅުން އިތުރަށް ބަދަހިވެގެން ދިޔައީ ދެމިހުންނަކީވެސް ފިޓްނަސް އަށް ލޯބި ކުރާ ބަޔަކަށް ވާތީ އޭގެ ތެރެއިން. އަދި ޓައިގާއަކީ އަބަދުވެސް ވަރަށް އެކަނިވެރިކޮށް އުޅުނު މީހެއް. އެހެންވެ އޭނާ އެހެން މީހަކާއެކު ވަގުތުތައް ހޭދަކުރާތީ ވަރަށް އުފާވޭ.”

ކްރިޝްނާ ބުނީ ފުރަ ބަންދުގައި ތިބެގެން ފޫހި ފިލުވަނީ ތަފާތު ބޯޑް ގޭމްތައް ކުޅުމާއި ކެއްކުމުގައި ކަމަށެވެ.

ޑިޝާ، ދެން އެންމެ ކުރިން ފެންނާނީ އަންނަ ފިތުރު އީދުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމް ރާދޭ އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top