ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވާއިދު އިސްލާހުކުރަން ނިންމައިފި

415854_3_e8b4d85f8017be9ea759d8592fac1b90257f7cc1_large.jpg

އެމްއެފްޑީއޭއާއެކު ގަވައިދު ކޮމެޓިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: މަޖިލިސް

ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހު އެކުލަވައިލި ކާބޯތަކެތި އިސްތިހާރު ކުރުމުގެ ގަވާއިދު އިސްލާހުކުރަން ނިންމައިފި އެވެ.

އެމްއެފްޑީއޭއިން މިދިޔަ ފެބްރުއަރީ މަހު އަމަލުކުރަން ފެށި ކާބޯތަކެތި އިސްތިހާރުކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން، ކާބޯތަކެތި އިސްތިހާރު ކުރެވޭނީ އެ އިދާރާގެ ހުއްދަ ނަގައިގެންނެވެ. އެހެންވެ، އެކަން އޮތްގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ހާއްސަކޮށް، ކުދި ވިޔަފާރިތަކާއި ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންގެ ޝަކުވާ މި މައްސަލައިގައި ބޮޑެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި އެމްއެފްޑީއޭ އާއެކު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ވިދާޅުވީ ވިޔަފާރިތަކާއި ބައެއް އެމްބަސީތަކުން ވެސް އެގަވާއިދު މިހާރު އޮތްގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ ގަވާއިދަށް ގެނެވެން ހުރި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގަވައިދު މިހާރު އޮންނަ ގޮތުން ހުއްދަ ނުނަގާ ކާބޯތަކެތި އިސްތިހާރު ކުރާ ނަމަ ޖޫރިމަނާ ކުރެވޭނެއެވެ. އެ އުސޫލުތަކާ ޚިލާފަށް އިސްތިހާރު ކޮށްފި ނަމަ 10،000ރ. އިން، ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން އަދި ތިން ވަނަ ފަހަރު ނަމަ 300،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top