ވައިގެ ދަތުރުތައް އަގުހެޔޮކުރަން ސަބްސިޑީ ދެނީ

20191229_094421.jpg

މޯލްޑިވިއަންގެ ފްލައިޓެއް ދަރަވަންދޫގައި / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް ސަބްސިޑީޒް ދޭން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ދައުލަތުން މަޖިލިހަށް ހުށައަޅާފައިވާ ބަޖެޓްގައިވާ ގޮތުން 2027 ވަނަ އަހަރުގެ ޓްރާންސްޕޯޓް ސަބްސިޑީޒްގެ ތެރޭގައި އާރްޓީއެލް ފުޅާވުމުގެ ސަބަބުން އިތުރުވާ ހަރަދާއި ރާއްޖޭގެ އުތުރާއި ދެކުނުގަައި ވައިގެ ދަތުރުތައް އަގު ހެޔޮކުރުމަށް ދޭ ސައުތު އަދި ނޯތު ކަނެކްޓިވިޓީ ޕްރޮޖެކްޓަށް ސަބްސިޑީޒް ހިމަނާފައެވެ.

މިއީ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހިންގާ މުހިއްމު ޕްރޮގްރާމެއްކަމަށް ބަޖެޓްގައި ފޮތުގައިވެއެވެ. އެހެންނަމަވެސް މީ ގެ ތަފްސީލުތަކެއް ނެތެވެ.

އަންނަ އަހަރުގެ ލަފާކުރާ ބަޖެޓް ފޮތުގައިވާ ގޮތުން ދަތުރުފަތުރުގެ ސަބްސިޑީއަށް ހަރަދުވާނެކަމަށް 1.71 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top