ދުވާފަރު ކައުންސިލުގެބޮޑު ޚިޔާނާތެއް. ޒަކާތު ފައިސާވެސް އަމިއްލަ އެކައުންޓުތަކަށް!

KuXtEqcj3KJI4jxBjrykEvPV8oTODm3CwLw49476.jpg

ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ގާނޫނާއި ގަވާއިދާއި ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޖަމާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ފަޅާއަރާފައިވަނީ ލޯކަލް ގަވރމަންޓް އެތޯރިޓި، (އެލްޖީއޭ)އިން ތައްޔާރުކޮށް، އާއްމު ކުރި ރިޕޯޓެއްގައެވެ.

މިރިޕޯޓްގައި ބުނާގޮތުން މެންބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށްވެސް ވަނީ ފައިސާ ބަހައިފަ އެވެ. އެ ގޮތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައުންސިލާއި ޑަބްލިއުޑީސީ އަދި ކައުންސިލްގެ ބައެއް މެމްބަރުންނަށް ދީފައިވާކަމަށް ރިޕޯޓުގައިވަނީ ފާހަގަ ކޮށްފައެވެ.

ދުވާފަރު ކައުންސިލުން ގަވާއިދާއި ހިލާފަށް ކުރާ ކަންކަން އިސްލާހުކުރަން މިރިޕޯޓްގައި ލަފާދީފައިވާއިރު، ގާނޫނަށް ހިލާފަށް ޖަމާކުރި ފައިސާގެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް އެލްޖީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

އެލްޖީއޭގެ ރިޕޯޓުގައިވާ ގޮތުން ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600 ރުފިޔާވެސް އެސިސްޓެންޓް ޑިރެކްޓަރުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.

ފައިސާ ޚަރަދުކުރަން ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވައިދާ ޚިލާފަށްކަމާށާއި، ބިލްތައް ހުށަހަޅާފައި ނެތްކަމަށާއި، ހުށަހަޅާފައިވާ ބިލްތައް އެއްވެސް ވަރަކަށް ރިކޮންސައިލް ކޮށްފައިވެސް ނުވާކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top