އެފްއޭއެމްގެ ކަލަންޑަރުގައި ރާއްޖެތެރޭގެ ފުޓްބޯޅައެއް ނެތް

407916_3_51222047d0e4527556b1362f7f8e3f057da85e81_large-1.jpeg

ގޯލްޑް ކަޕް ފައިނަލްގައި އައްޑޫ ބަލި ކުރުމަށް ފަހު އޭދަފުށިން މުބާރާތުގެ ތަށި އުފުލާލަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ތައްޔާރު ކުރި ފުޓްބޯޅަ ކަލަންޑަރުގައި ރާއްޖެތެރޭގެ ފުޓްބޯޅައަށް އެއްވެސް މުބާރާތެއް ހިމަނާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، ޗެރިޓީ ޝީލްޑް މެޗުން އާ ސީޒަން ފަށަން ތައްޔާރު ކޮށްފައިވާ މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި ރާއްޖެ ތެރޭގެ އެއވެސް މުބާރާތެއް ހިމެނިފައިނުވާއިރު އިހަށް ދުވަހު ނިމިދިޔަ ގޯލްޑްކަޕަކީ ފަހުގެ ތާރީހެއްގައި ބޭއްވުނު އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ.

ގޯލްޑްކަޕުގައި ބައިވެރިވެފައިވަނީ ރާއްޖެތެރޭގެ 16 ޓީމާއެކު މާލެ އެވެ.

އެފްއޭއެމުން ކްލަބުތަކަށް ފޮނުވާފައިވާ ކަލަންޑަރުގައި އޮތީ މުޅިންވެސް މާލެ ބޭސްޑް ކްލަބުތަކުގެ ފުޓްބޯޅައެވެ. ދެވަނަ ޑިވިޝަނާ، ތިންވަނަ ޑިވިޝަން ވެސް އެއީ މައިގަނޑު ގޮތެއްގައި މާލޭ ބޭސްޑް ކްލަބުތަކުގެ މުބާރާތެކެވެ.

އޭގެ އިތުރުން ކަލަންޑަރުގައި އޮތީ، ޕްރެޒިޑެންޓްސް ކަޕާއި، އެފްއޭކަޕާއި ދިވެހި ލީގެވެ. މީގެ އިތުރުން ގްރާސްރޫޓް ފެސްޓިވަލްތަކާއި އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުގެ މުބާރާތްތައް ކަލަންޑަރުގައި ހިމަނާފައިވާއިރު އަތޮޅު މުބާރާތެއްވެސް  އަންހެނު މުބާރާތެއްވެސް ނުހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top