ކަމަދުއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފި

kamadhoo-ops-47c7ef5da5.jpg

ފޮޓޯ:ޕޮލިސް

ބ ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ލ. ގަން. މަތިމަރަދޫ / ފާގަމާގެ، އަހުމަދު ހަލީލު (50އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކަމަދޫ ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނުމުންނެވެ.

ހައްޔަރުކުރި މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދީފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top