ބައެއް ވިޔަފާރިތަކަށް ދައްކަން ޖެހޭ މަހުފީ ކަނޑާލައިފި

DSCN4591.jpg

ބައެއްް ވިޔަފާރިތަކަށް ދައްކަން ޖެހޭ މަހުފީ ކަނޑާލައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނަސް އެގާނޫނަށް އަމަލު ކުރަން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ އާއި ސައިހޮޓާ ހިންގުމުގެ ހުއްދަ، ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ އަދި ކެންޓީން ހިންގުމުގެ ހުއްދަ ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.

މިނިސްޓްރީ އިން ބުނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ އާއި ސައިހޮޓާ ހިންގުމުގެ ހުއްދަ، ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ އަދި ކެންޓީން ހިންގުމުގެ ހުއްދައާ ގުޅޭ މަހުފީ ބަލައިގަތުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.

މިފަދަ ވިޔަފާރިއެއް ކުރަން ބޭނުންވާ ފަރާތްތަކުން، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީކުރުމަށްފަހު، އިކޮނޮމިކް މިނިސްޓްރީން އިތުރު ހުއްދައެއް ނުހޯދައި ވިޔަފާރި ފެށޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top