މާރެސް އަންހެން ވޮލީ މުބާރާތުގެ ފައިނަލަށް މާޅޮހާއި ގޮއިދޫ

DSC_1683.jpg

މާރެސް އަންހެން ވޮލީ މުބާރާތުގައި ގޮއިދޫ އާއި މާޅޮސް ބައްދަލު ކުރި މެޗްގެ ތެރއިން - ފޮޓޯ ރާއިފް

ބ.މާޅޮހު މާރެސް ޖަމިއްޔާގެ ފަރާތުން އެރަށުގައި މިހާރު ކުރިއަށް ގެންދާ މާރެސް އަންހެން ޑިވިޜަންގެ ވޮލީ މުބާރާތުގެ ފައިނަލުގެ ފަހުޖާގަ މާޅޮސް ޓީމް ކަށަވަރުކޮށްފިއެވެ. މާޅޮސް ފައިނަލަށް އައިސްފައިވަނީ ސެމީ ފައިނަލުގައި މިއަދު ހަވީރު ކަމަދޫ އާ ވާދަކޮށްގެން ސީދާ ތިންސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މާދަމާ ހަވީރު މާޅޮހުގައި އޮންނަ މިމުބާރާތުގެ ފައިނަލްގައި މާދަމާ މާޅޮސް ވާދަކުރާނީ ވޮލީގެ ގަދަ ބާރެއްކަމުގައި ބެލެވޭ ގޮއިދޫއާއެވެ.

މުބާރާތުގެ ފައިނަލުގައި މާދަމާ ހަވީރު މާޅޮސް ނުކުންނާނީ ގޮއިދޫ އާ ދެކޮޅަށެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ އެއް ވަނަ ޓީމުގެ ގޮތުގައި، ސެމީ ފައިނަލް ނުކުޅެ އެވެ. ގޮއިދޫން ވަނީ ގްރޫޕް ސްޓޭޖް މެޗުގައި މާޅޮސް ފަސޭހަ ކަމާއެކު މޮޅުވެފަ އެވެ.

މާރެސް ޖަމިއްޔާގެ ފަރާތުން ބާއްވަމުން އަންނަ މި މުބާރާތަކީ އަތޮޅުގައި ތިބި ވޮލީބޯޅައަށް ޝައުގުވެރިވާ ކަނބަލުންނަށް މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމާއި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެއްކަމަށް މާރެސް ޖަމިއްޔާއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top