ބައިވެރިއަކު ހޯދަން ތިޔަ ދަނީ ރަނގަޅު މަގުންތަ؟

1-1.jpg

ލޯތްބެއް ހޯދުމަކީ ނިކަން ފަސޭހަ ކަމެކެވެ. އެކަމަކު ހަގީގީ ލޯތްބެއް ހޯދުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. ބުރަ އަދި އުނދަގޫކަމެކެވެ. ތިބާގެ ބައިވެރިޔާ ތިބާދެކެ ހަގީގި ލޯބިވާކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ. އެކަމަކު އެއީ ކުރަންޖެހޭ ކަމެކެވެ.

ކައިވެންޏެއް އުފަންވަނީ ދެމީހުން އެއްބަސް ކިޔައިގެން އެކުގައި ދުނިޔެ އުޅެ ނިންމާލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ގިނަ ފަހަރު ލަނޑު ލިބިފައި ހުންނަނީ ދެމީހުން ރަނގަޅަށް ދަސް ނުވުމުގެ ސަބަބުން އުފެދޭ ޚިޔާލު ތަފާތުވުން ތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ފިރިހެނަކު ދެކެ ތިބާ ލޯބިވާނަމަ އަންނަނިވި ކަންތައް ތަކުން އޭނާ ޓެސްޓް ކޮށްލެވިދާނެއެވެ. އެ ޓެސްޓުން ފާސްނުވެ ކައިވެނީގެ ފަހުން ރަނގަޅުވެދާނެކަމަށް ހީ ކުރާނަމަ އޭނާ އެކު ވޭތުކުރަމުން ތިޔަ ގެންދަނީ ބޭކާރު ވަގުތު ތަކެކެވެ.

ބައިވެރިޔާ ތިބާއާމެދު ފަރުވާތެރިވެ ތިބާގެ ވާހަކަތަކަށް ސަމާލުކަން ދޭ ހެއްޔެވެ؟  އޭގެެ މާނައަކީ ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ކުރުމެއް ނޫނެވެ. އެކަމަކު ރަނގަޅު ވަގުތާ ނުބައި ވަގުތުގައި ވެސް އޭނާ ތިބާގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހައި ތިބާގެ ފަރާތުން ވަކާލާތު ކުރާނެއެވެ. ހަމައެއާއެކު ތިބާއަށް އަށް ކަމޭހިތުމާއެކު ގަދަރުކުރާނެއެވެ. އަދި ތިބާގެ މަސައްކަތްތަކަށް ތައުރީފުކޮށް ހިތްވަރު ދޭނެއެވެ.

ބައިވެރިޔާ ތިބާދެކެ ލޯބިވާނމަ ތިބާގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރު ދޭނެއެވެ. އަދި އެރޮނގުން ކުރިއަށް ދިއުމަށް އާ ޚިޔާލު ތަކާއެކު އޭނާގެ ތަޖްރިބާތައް ކިޔައިދޭނެއެވެ. އެއްގޮތަކަށްވެސް ކުރިއެރުމަށް ހުރަސް އަޅާ މީހަކަށް ނުވަތަ ތިބާގެ ފައިދާ ކުރަނިވި ދާއިރާ ދޫކޮށްލުމަށް ބާރުއަޅާ މީހަކަށް އޭނާ ނުވާނެއެވެ.

ބައިވެރިޔާ އަކީހިތްހެޔޮ މީހެއްކަމުގައި ވާނެއެވެ. ދަންނާށެވެ! ފިރިހެނަކު އަންހެނަކު ދެކެ ލޯބިވާނަމަ ހިތްހެޔޮވުމާއެކު ކޮންމެ ހާލަތެއްގައިވެސް ތެދުބަހުން ވާހަކަ ދައްކާނެއެވެ. މިސާލަކަށް ތިބާ ލައިގެން ހުރި ވަކި ވައްތަރެއްގެ ހެދުމަކާބެހޭ ގޮތުން މި ހެދުން ކިހިނެއްހޭ އަހައިފި ނަމަ  އެއީ ތިބާއަށް ކިތަންމެ ރީތި ހެދުމެއް ކަމަށް ވިޔަސް  ހެދުން ރީއްޗެއް ނޫނޭ ބުނެފާނެއެވެ. އެއީ އޭނާ ތިބާއާމެދު ނުބައި ގޮތަކަށް ދެކޭތީއެއް ނޫނެވެ. އޭނާއަށް ފެންނަ ގޮތް ފާޅު ކުރީއެވެ. ތިބާގެ އުފަލަށް ޓަކާވިޔަސް  ދޮގުތައުރީފް ކޮށްގެން ނުވާނެއެވެ.  މީގެ އަނެއް މިސާލަކީ ބަރުދަން ލުއި ކުރަން އޭނާ ލަފާ ދީފިނަމަ އެއީ ތިބާ ހުތުރުވެގެން ނުވަތަ ތިބާގެ ސްޓައިލް ބަދަލުކުރަން އުޅެނީއެއް ނޫނެވެ. ނުވަތަ މާރީތި ކުރަން އުޅެނީއެއްވެސް ނޫނެވެ.  އެޚިޔާލު އެއީ ކޮންމެހެން ތިބާ އުފާ ކުރުވާ ޚިޔާލަށް ވާކަށް ނުޖެހެއެވެ.

ބައެއް ކަންކަން ހަގީގަތް ދައްކަން ބޭނުންވެދާނެއެވެ. އަތުގާ ހިފާލައިގެން ނުވަތަ ކޮނޑަށް ވެއްޓިގަނެގެން އުޅުމަކީ ބައިވެރިޔާ ބޭނުންވާ ގޮތްކަމަށް ވެދާނެއެވެ. އެއަކު މައްސަލައެއް ނެތެވެ. އެކަމަކު މިގޮތަށް ހިނގާލަން ނުކުމެ އުޅެނިކޮށް މަގުމަތިން ދިމާވާ މީހަކާ އަރާރުންވެ އަޑުގަދަކުރާނަމަ އެއީ މައްސަލައެކެވެ. ތިބާ ރައްކާތެރިކޮށްދިނުމުގައި އޭނާ އެހުރީ ފެއިލް ވެފައެވެ.

ތިބާ ބޭނުންވާ މީހަކާ ވާހަކަ ނުދައްކަން ބުނުމާއި ތިބާގެ ޝައުގުވެރިވާ ރަނގަޅުކަންކަން ހުއްޓުވަން ބާރު އަޅާމީހަކާށް ބައިވެރިޔާ ވާނަމަ ދުވަހަކުވެސް އެ މައްސަލައަކަށް ނިމުމެއް ނާންނާނެއެވެ. އަދި ތިބާގެ އާއިލާއާއެކު ވަގުތުތައް ހޭދަކުރުމުގެ ޝައުގުވެރިކަން ހުރި މީހަކަށް އޭނާ ވާން ޖެހޭނެއެވެ.

ތިބާ އަކީ ޚާއްސަ މީހެއްކަމަށް ދެކޭ ހެއްޔެވެ. އަދި މުސްތަގްބަލާމެދު ވާހަކަ ދެކެވޭ ހެއްޔެވެ. ތިބާގެ އަސްލު މީހާއަކީ އެއީ ކަމަށް ވާނަމަ އެކަމާމެދު ގިނައިން ވާހަކަ ދެކެވޭނެއެވެ.

ކޮންމެ މަރުހަލާއެއްގައިވެސް އަޚްލާގީ އިމުގެ ތެރެއިން ބޭރުވުމަށް ހިތްވަރު ދޭ މީހަކަށް އޭނާ ނުވާނެއެވެ. ހަނދާން ކުރާށެވެ. އަނތްބެއްގެ ގޮތުގައި ހޭދަކުރާ ފުރަތަމަ ރޭ ތިބާގެ ފަރާތުން ފިރިމީހާއަށް ދެވޭނެ ހަމައެކަނި ހަދިޔާއަކީ ތިބާގެ އިއްފަތް ތެރިކަމެވެ. އެ ހަދިޔާ، ވަގުތުގެ ކުރިން ދެވިފައިވާނަމަ ތިޔަ ގުޅުމަކީ ތާހިރު ގުޅުމެއް ނޫނެވެ. އިސްލާމީ އަގީދާ ރައްކާތެރިކުރުމަށް ބާރުއަޅާ މީހެއް ކަމުގައި އޭނާ ވާންވާނެއެވެ.

މައުލޫމާތު: ވިމެންސް އޮޮފްދަ ޑޭ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top