ގޮއިދޫ އަންހެނުންނަށް ސާބަހޭ ! ތިޔަވަރެއްނެތް

goi-1.jpg

ގޮޮޮއިދޫ އަންހެނުންތަކެއް މިއަދު އެރަށުގައި ކޭބަލް ކޯރު ކޮނުމުގެ މަސައްކަތް ކުރަނީ. މިމަސައްކަތުގައި އެރަށުގެ ހުރިހާ އެންމެ ބައިވެރިވިކަމަށް ކައުންސިލުން ބުނޭ / އީވީ ފޮޓޯ ހަސަން ނިޒާމް

ގޮއިދޫ އަންހެނުންގެ ވާހަކަ އަޑު އިވޭ ކޮންމެ ފަހަރަކު ގަޔަށް އަރައިގަންނަނީ  ފާޑެއްގެ ހީލި ގަނޑެކެވެ. އެމީހުންގެ އެހެރަ ކުޅަދާނަ ކަމެއްތާއޭ ހިތްވަރުގަދަ ކަމެއްތާއޭ ހިތަށް އަރައެވެ. އެހެންޏާފަހެ އެހެން ހިތަށް އަރާފާނެތާއެވެ. ! މިދިޔަ ޑިސެމްބަރުމަހު  އަޑުއިވުނީ ރަށުގެ އަންހެން ވެރިން ފިރިހެނުންނެކޭ އެއްގޮތަށް ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަން ކުރާ ވާހަކައެވެ. އޭގެ ކުރިން އިވުނީ ފުޓްބޯޅައާ، ބަށި ޓީމަށް ސަޕޯޓް ކުރުމަށް ކަނޑުފަތާފައި ކޮންމެދުވަހަކު އޭދަފުއްޓަށް އައިސް ނަގާ އާދަޔާ ޚިލާފު ފޯރީގެ ވާހަކައެވެ. އިހަށްދުވަހު އިވުނީ އެރަށު ރައްޔިތުން އަންހެނުންނަށްޓަކައި “ރަސްފަންނެއް” ހެދި ވާހަކައެވެ.

މިފަހަރު އަނެއްކާވެސް ތަފާތު އާ ވާހަކައެވެ. އާ ރެކޯޑެއްވެސް މެއެވެ.  ރައްޔިތު އަންހެނުން ނުކުމެ (ގާތްގަޑަކަށް ފައްސަތޭކަ މީހުން) ދޮޅު ގަޑިއިރުތެރޭގައި 2300 ފޫޓްދިގު ކަރަންޓް ކޭބަލް އެއް ރަށުގެ މަގުމަތީގައި ވަޅުލުމަށް ދެފޫޓްބައިގެ ފުން މިނުގައި ކޯރެއް ކޮނެ ނިންމާލައިގެން އާރެކޯޑެއް ގާއިމްކުރީއެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި މި ގޮތަށް އަންހެނުން ނުކުމެ މިހާ ދިގު ކޯރެއް މީގެ ކުރިން ކޮނެފައިވާ ވާހަކަ އެއްސެވިންތޯއެވެ..

ގޮޮޮއިދޫ އަންހެނުންތަކެއް މިއަދު އެރަށުގައި ކޭބަލް ކޯރު ކޮނުމުގެ މަސައްކަތް ކުރަނީ. މިމަސައްކަތުގައި އެރަށުގެ ހުރިހާ އެންމެ ބައިވެރިވިކަމަށް ކައުންސިލުން ބުނޭ / އީވީ ފޮޓޯ ހަސަން ނިޒާމް

މި މަސައްކަތުގައި އިސްވެ އުޅުނު ބ. ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވީ މިއީ ސްކޫލްގެ ބެލެނިވެރިން މަސައްކަތު ދުވަހެއްގެ ގޮތުގައި ސްކޫލަށް އާމްދަނީ ހޯދުމަށް ކުރި މަސައްކަތެއްކަމަށާ، މިކަމުގައި އަންހެނުންނާ، ޒުވާނުންނާ، ރަށުގައި ދިރިއުޅޭ އެހެން ހުރިހާ އެންމެންވެސް ބައިވެރިވީ އަމިއްލައަށް އެދިގެން އެއްވެސް އަގަކާނުލާ ކަމަށެވެ. އޭނާ ވިދާޅުވީ އެރަށުގައި ހިނގާ ކަރަންޓް ޕްރޮޖެކްޓްގެ މިކޮންޓްރެކްޓްގެ އަގު 72000ރ (ހަތްދިހަ ދެހާސް ރުފިޔާ) އަށް އަރާކަަމަށާ، މަސައްކަތް ކުރި މީހުންގެ ސްފީޑް ފެނިފައި ހައިރާންވި ކަމަށެވެ.

“ހަގީގަތުގައި މިކަން ކުރަން ބެލެނިވެރިން ނިންމީ ސްކޫލަށް ފައިސާހޯދަން. އެހެންނަމަވެސް ބެލެނިވެރިން ނުކުމެ މަސައްކަތް ފަށާއިރަށް، ޒުވާނުންނާ، ރަށުގައި ތިބިއްޔާ ތިބިހާބަޔަކު، އެހެޔޮ ބިދޭސީއަކަސް މިމަސައްކަތުގައި އެއުޅެނީ. އަޅުގަނޑު މިހުރީ ވަރަށް އުފަލުން. ބުނާނެ އެއްޗެއްވެސް ނޭނގިފައި” ބ. ގޮއިދޫ ސްކޫލްގެ ކާމިޔާބުގެ ފަހަތުގައި ހުންނެވި ނިޒާމްގެ އިހްސާސްތައް ބަންޑުންކޮށްލެއްވިއެވެ.

ކޯރު ކޮނުމުގެ ޕްރޮޖެކްޓަކީ ޗައިނާގެ ކުންފުންޏަކުން އެރަށުގައި ކުރިޔަށްގެންދާ ސޯލާޕެނަލް ހަރުކުރުމާއި ގުޅުންހުރި މަސައްކަތެކެވެ. އެމަސައްކަތް ކުރީ ކޮންޓްރެކްޓް އުސޫލުން ސްކޫލް ޕީޓީއޭގެ ނަމުގައިކަމަށް ގޮއިދޫ ސްކޫލުން ބުނެއެވެ. ނިޒާމް ވިދާޅުވީ މިފަދަ ބޮޑު މަސައްކަތެއް ކުރަން ނިންމީ ކޮންމެ އަހަރަކުވެސް ސްކޫލްގެ މަސައްކަތު ދުވަސް ފާހަގަކޮށްގެން ލިބޭ ފައިސާކޮޅު މަދުވެފައި، އެފައިސާއަކީ ރަށުތެރެއިން ނެގޭ ފައިސާއަށްވާތީކަަމަށެވެ.

“މަސައްކަތު ދުވަސް ފާހަގަކުރާ ދުވަސްދުވަހު ރަށުތެރޭގެ ގޭގެއަށްގޮސް ކޮންމެ އަހަރަކުވެސް މިލިބެނީ ބާރަވަރަކަށް ހާސް ރުފިޔާ. އެއީވެސް ރަށުގެ ގޭގެއިން. ދެން އަޅުގަނޑުމެން ވިސްނީ ރަށުން ބޭރުން އެފައިސާ ހޯދާނީ ކިހިނެއްހޭ. އެހެން އުޅެނިކޮށް މިރަށަށް އައި ޕްރޮޖެކްޓެއް ހޯދީ”

ގޮޮޮއިދޫ އަންހެނުންތަކެއް މިއަދު އެރަށުގައި ކޭބަލް ކޯރު ކޮނުމުގެ މަސައްކަތް ކުރަނީ. މިމަސައްކަތުގައި އެރަށުގެ ހުރިހާ އެންމެ ބައިވެރިވިކަމަށް ކައުންސިލުން ބުނޭ / އީވީ ފޮޓޯ ހަސަން ނިޒާމް

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއެކު ސްކޫލަށް މިއަދު ހަދިޔާކުރި ހަދިޔާއަކީ ރައްޔިތުންގެ އެކުވެރިކަމުގެ ނަމޫނާކަމަށާ، ލޮލުން ކަރުނަ އަންނަހައި އުފާވެރި މަންޒަރު މިއަދު ފެނިވަޑައިގަތް ކަމަށެވެ.

“އުފަލުންގޮސް ކަރުނައަޅާ ރޯވަރުގެ ކަމެއްމީ. ވަރަށްބޮޑަށް ހައިރާންވެފައި އަޅުގަނޑު މިހުރީ މިހާފޯރީގައި މިކަން ކުރީމާ. ދަންނަވާލަން އޮތީ މިވަރުގެ އެކުވެރި ރައްޔިތަކު ރާއްޖޭގެ ރަށަކުން ދެން ނުފެންނާނޭ. އަންހެންވެރިން މިކަމުގައި ފޯރިނަގާފައިހުރި ވަރަކީ އެމީހަކު އަތުޖެހުނު އެއްޗެއް ހިފައިގެން ނުކުމެ ކޯރު ކޮނުނީ. ބައެއް އަންހެނުން ކޯރު ކޮނުމުގައި ބައިވެރިވެފައިވަނި ބަދިގޭގައި ގެންގުޅޭ އުނދުޅިއާއި ދޭފަތާއި ތެލިތައް ހިފައިގެން އައިސް .”

ގޮޮޮއިދޫ އަންހެނުންތަކެއް މިއަދު އެރަށުގައި ކޭބަލް ކޯރު ކޮނުމުގެ މަސައްކަތް ކުރަނީ. މިމަސައްކަތުގައި އެރަށުގެ ހުރިހާ އެންމެ ބައިވެރިވިކަމަށް ކައުންސިލުން ބުނޭ / އީވީ ފޮޓޯ ހަސަން ނިޒާމް

ޮޮގޮއިދޫ އަންހެނުންނަކީ އާދައިގެ ބައެއް ނޫނެވެ. އެމީހުންނަކީ ދިރިއުޅުމުގެ ހުރިހާ ރޮނގެއްގައިވެސް އެހެން މީހުން ނަމޫނާއަކަށް ބަލަން ޖެހޭ ބައެއްކަން އެބަ ސާބިތު ކޮށްދެއެވެ. ސިއްސައިގެންދާ ވަރުގެ ކަމަކަށް ފަހު ކަމެއް ކުރަމުން އައިސް މާދަމާ އެ ފިސާރި އަންހެނުން ދަތުރުކުރާނީ ދުނިޔޭގެ ރެކޯޑުފޮތުން ޖާގަހޯދަން ނޫންކަމެއްކަންވެސް ނޭގެއެވެ. ގޮއިދޫ އަންހެނުންނަށް ސާބަހެވެ. ހަގީގީ ދިވެހި އަންހެނުންނަކީ ތިޔައީއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު