މާރެސް އަންހެން ވޮލީ މުބާރާތް ގޮއިދޫ ކާމިޔާބު ކޮށްފި

image-0-02-03-f323a279739f83a2df4220c267bd26b6fc15287799ef084055026b904c4fc8d1-V.jpg

ގޮއިދޫ ވޮލީ ޓީމް ޗެންޕިއަންކަން ހޯދުމަށްފަހު ތައްޓާއެކު މިއަދު. އީވީ ފޮޓޯ: އަހްމަދު ރިޔާޒު

ބ.މާޅޮސް މާރެސް ޖަމިއްޔާގެ މިއަހަރުގެ އަންހެން ވޮލީ މުބާރާތް  ބ.ގޮއިދޫ ޔޫތު ސޮސައިޓީ  ކާމިޔާބު ކޮށްފިއެވެ. ގޮއިދޫ މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ މިއަދު ހަވީރު މާޅޮހުގައި ކުޅެވުނު ފައިނަލް މެޗުގައި ޓީމް މާޅޮސް އާ ބައްދަލުކޮށް 3-1 ގެ ތަފާތުން އެ ޓީމް ބަލިކުރުމަށް ފަހުގައެވެ.

މޮޅު އަދި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިއަދުގެ ފުރަތަމަ މެޗު ގޮއިދޫ ކާމިޔާބުކުރި 20-25 އިންނެވެ. ދެވަނަ ސެޓް މާޅޮސް ގެންގޮސްފައިވަނި 25-13 އިންނެވެ. ތިންވަނަ ސެޓް އަނެއްކާވެސް ގޮއިދޫ ހޯދާފައިވަނީ 25-21 އިންނެވެ.  ގޮއިދޫ ޓީމުން ލީޑު ނެގިއިރު އެޓީމު މޮޅުވީ ފަހު ސެޓް 25-18 އިން ކާމިޔާބުކޮށްގެނެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މާޅޮހު ޓީމަށް ކުޅުނު ގައުމީ ވޮލީ ޓީމުގައިވެސް ހިމެނޭ އައިޝަތު މާޖިދާ އާއި ގޮއިދޫ ޓީމުގެ މައީޝާ އަބްދުލް ހަންނާނު އާއި ރިޒުވާނާ އަބޫބަކުރު އާއި އައިމިނަތު ސަޒުނާގެ އިތުރުން ފާތުމަތު ސީނާ އަބްދުއްރަޝީދު އަދި ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސާނިޔާ އަހްމަދު ނިޒާމު އެވެ.

ޗެމްޕިއަން ޓީމަށް ތަށްޓާއި -/10،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top