5000 ރުފިޔާ ޖަމާކޮށްފި

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މަނިކު. އުމުރުން ދުވަސްވީ މީހުންނަށް ދޭންޖެހޭ 5000ރުފިޔާ އިއްޔެ ޖަމާކޮށްފައިވާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަނުން ނުނޭ. ފޮޓޯ: އީވީ ނިއުސް

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މަނިކު. އުމުރުން ދުވަސްވީ މީހުންނަށް ދޭންޖެހޭ 5000ރުފިޔާ އިއްޔެ ޖަމާކޮށްފައިވާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަނުން ބުނޭ. ފޮޓޯ: އީވީ ނިއުސް

އުމުރުން ދުވަސްވީ މީހުންނަށް ދޭނެކަމަށް ސަރުކާރުން ވައުދުވެފައިވާ 5،000 ރުފިޔާ ޖަމާކޮށް ނިއްމާފައިވާ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު އިސްމާއީލް ޝުޖާއު ވިދާ އިއްޔެ، ޕެންޝަން ލިބޭ އެންމެނަށް އެ ފައިސާ އިއްޔެ ޖަމާކޮށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އުމުރުން 65 އަހަރުން މަތީގެ 16،120 މީހަކަށް 5،000 ރުފިޔާ އިއްޔެ ވަނީ ޖަމާ ކޮށްދީފައެވެ.

އިއްޔެ ޖަމާ ކޮށްދީފައިވަނީ 2،700 ރުފިޔާއެވެ. އެގޮތުން މީގެ ކުރިން އެ އޮފީހުން ވަނީ އުމުރުން ދުވަސްވީ މީހުންނަށް މީގެ ކުރިންވެސް ދެމުން ގެންދިޔަ 2،300 ރުފިޔާ ޖަމާކޮށްދީފައެވެ.

އެގޮތުން 5،000 ރުފިޔާއަށް އެލަވަންސް ބޮޑު ކުރުމާއި އެކު، އިތުރުވި 2،700 ރުފިޔާ ދޭން ނިންމާފައިވަނީ ބަޖެޓުގެ ބޭރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް މިމަހުގެ އެ ފައިސާ ދީފައިވަނީ ބަޖެޓުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދިނުމަށް މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 470 މިލިއަން ރުފިޔާއެވެ. ނަމަވެސް 5،000 ރުފިޔާއަށް ޕެންޝަން ބޮޑުކުރުމާއި އެކު އެކަމަށް އަހަރަކަށް އެއް ބިލިޔަން ރުފިޔާ ހަރަދުވާނެ އެވެ. އެގޮތުން މިމަހު އެކަނިވެސް ފަސް ހާސް ރުފިޔާއަށް އެލަވަންސް އިތުރު ކުރުމާއި އެކު 80.6 މިލިޔަން ރުފިޔާ ވަނީ ހަރަދު ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top