މާލޭގައި މިހާރު ހިނގަމުންދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ އޯޕަންބައިގެ ޑަބަލްސް ޗެމްޕިއަންކަން އޭދަފުށީ ބީޑީސީ ގެ މުހައްމަދުއިކްރާމާއި ހުސެން މުހައްމަދު ހޯދައިފިއެވެ.
އިކްރާމާއި ހުސެންއަށް ޗެމްޕިއަންކަން ލިބިފައިވަނީ މިރޭ 8:00ގައި ކުޅުނު ފައިނަލް މެޗްގައި ހޮޅުދޫގެ މުތީއުއާއި އުނޭޝްގެ ޕެއަރއާ ބައްދަލުކޮށްގެން 2-1ން ކާމިޔާބުކޮށްގެންނެވެ.
މެޗަށްފަހު އީވީއާ ވާހަކަ ދައްކަމުން އިކްރާމު ބުނީ މިއީ ވަރަށް އުދަނގުލުން ހޯދި ކާމިޔާބެއްކަމާ އެހެންނަމަވެސް މެޗަށް އެރީ މޮޅުވާނެކަމުގެ ޔަގީންކަމާއެކުގައި ކަމަށެވެ.
މީގެ އިތުރުން ހުސެން ވަނީ މިމުބާރާތުގެ އޯޕަންބައިގެ ސިންގަލްސް ފައިނަލަށްވެސް ގޮސްފައެވެ. ފައިނަލުގައި ހުސެން ބައްދަލު ކުރާނީ ހޮޅުދޫގެ އަބްދުﷲ މުތީއުއާއެވެ. މި މެޗް އޮންނާނީ މާދަމާ ހަވީރުއެވެ.