ގައުމީ ވޮލީ ޓީމަށް ކުޅެން ބޭނުން ކޮންމެ މީހަކަށްވެސް އެފުރުސަތު އެބައޮތް

goidhoo-800x448-800x448-1.jpg

އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދި ބ. ގޮއިދޫ ސްކޫލްގެ ވޮލީޓީމް .

ގައުމީ އަންހެން އަދި ފިރިހެން، ސީނިއާ، ޖޫނިއާ ޓީމުތަކަށް ކުޅެން ބޭނުން ކޮންމެ މީހަކަށްވެސް އެފުރުސަތު ފަހި ވެފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް ) އިން ބުނެފިއެވެ.

ރޭ ވީއޭއެމް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އަންނަ އަހަރު ބާއްވާ އިންޓަނޭޝަނަލް މުބާރާތްތަކަށް ތައްޔާރު ވުމަށް މުހިންމު މަސައްކަތްތަކެއް އެ އެސޯސިއޭޝަނުން ކުރަމުން ދާ ކަމަށާއި އެގޮތުން އަންހެން އަދި ފިރިހެން ޖޫނިއާ، ސީނިއާ ޓީމުތަކަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މި ފުރުސަތު ހޯދުމަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭ ފަހު ތާރީޚަކީ އަންނަ ޖެނުއަރީމަހުގެ 12 ވަނަ ދުވަހެވެ. ފޯމް ލިބެން ހުންނާނީ ހެންވޭރު ބޯޅަ ދަނޑުގެ ބޯޅަގޭގައި ހުންނަ ވީއޭއެމްގެ އޮފީހުގެ އިތުރުން  އެ އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުން ފޯމު ލިބެން ހުންނާނެ ކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ.
ނަމަވެސް ގައުމީ ޓީމަށް ކުޅެން ކޯޑް އޮފް ކޮންޑެކްޓްގައި ސޮއި ކޮށްފައިވާ ކުޅުންތެރިން، އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ އެވެ.

މި އިއުލާނާ ގުޅިގެން ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފުވިދާޅުވީ، މި ގޮތަށް ނިންމީ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށްވެސް އެބައޮތްކަން  ހާމަ ކުރުމަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ވޮލީ ކުޅެން ބޭނުންވާ ވަރަށް ހުނަރުވެރި ކުޅުންތެރިންވެސް ތިބެދާނެ ކަމަށާ އެހެންތިބި ކުޅުންތެރިންނަށްވެސް ގައުމީ ޓީމަށް ކުޅެން ފުރުސަތު އޮތްކަން ހާމަ ކުރަން ބޭނުންވާ ކަމުގަ އެވެ.

“ހުރެދާނެ އިސްކޮޅުން ދިގު ވޮލީ ކުޅެން ޝައުގުވެރިވާ އެހެންނަމަވެސް ހުނަރުގެ ގޮތުން އެހާ މޮޅު ނޫން ކުއްޖަކުވެސް އެހެން ހުރި ކުއްޖަކަށްވެސް އަޅުގަނޑުމެން މިދެނީ ގެރެންޓީ، އެ ކުޅުންތެރިޔަކު ކުރިއެރުވުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ސްޓާފުން އެހީވެދޭނެ. އެހެންވީމާ އަޅުގަނޑު އެދެން މިފުރުސަތުގެ ބޭނުން ހިފުމަށް. ” ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކްލަބު ކެރިއާގައި ނުކުޅޭ ވަރަށް ހުނަރުވެރި ކުޅުންތެރިން ވެސް ވީއޭއެމްއަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ ކުޅުންތެރިންވެސް މި ޕްރޮގްރާމްގެ ތެރެއަށް އައުމަށް ދައުވަތު ދޭނެ ކަމަށެވެ.
އަދި ކުރިންވެސް މިގޮތަށް ޕްރޮގްރާމެއް ހިންގިއިރު 100 އަށްވުރެ ގިނަ ކުޅުންތެރިން އައި ކަމުގައެވެ.

“އަޅުގަނޑުމެން ބޭނުން ވަނީ ގައުމީ ޓީމަށް ކުޅޭ ހިތުން ގައުމީ ދިދައަށްޓަކައި ކުޅޭ ކުޅުންތެރިން، ގައުމީ ޓީމުގެ ފުރުސަތަށްޓަކައި އެފަދަ ބައިވަރު ހުނަރުވެރި ކުޅުންތެރިން ގުޅޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން.”

ވީއޭމުން ބުނީ ފޯމު ހުށަހަޅާ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ވަކި ވަކި ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top