ރެޑްވޭވް އިން މުޅިން އަލަށް މިފަހަރު ތައާރަފްކުރީ ”ބެގްރީސް“ބްރޭންޑް

291911_3_6622663230cc57fc9543c65ed8d8cac2f1cfa5f4_medium.jpg

ރެޑްވޭވުން ބާޒާރަށް ނެރުނު އާ ސީރިއަލް ބްރޭންޑެއް--ފޮޓޯ:ރެޑްވޭވް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމުގެ ރެޑްވޭވް ކުންފުނިން މި ފަހަރު މުޅިން އަލަށް ތައާރަފް ކޮށްފައިވަނީ ”ބެގްރީސް” ބްރޭންޑްގެ ސީރިއަލްގެ އާ އުފެއްދުން ތަކެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ސީރިއަލް ބްރޭންޑުގެ ގޮތުގައި އޭޝިއާގެ މާކެޓް ގައި މަޝްހޫރުވަމުން އަންނަ އިންޑިއާގެ “ބެގްރީސް” ބްރޭންޑުގެ 36 އުފެއްދުމެއް ރޭޑްވޭވް އިން ވަނީ ރާއްޖެއަށް ތައާރަފް ކޮށްފައެވެ. އޭގެ ތެރޭގައި އޯޓްސް އާއި މުއެސްލީ ހިމެނެއެވެ. މިއީ ހެނދުނުގެ ނާސްތާއަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ. މީގެ އިތުރުންވެސް އާންމުކޮށް މާކެޓުގައި ނުހުންނަ ޗިއާ ސީޑާއި ކުއިނޯވެސް ބެގްރީސްގެ ބްރޭންޑުގައި ހުރެ އެވެ.

ބެގްރީސް ކުންފުންޏަކީ ސީރިއަލް އުފައްދާ ތައްޔާރު ކުރުމުގެ 50 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

މި ބްރޭންޑުގެ އޯޓްސް އާއި މުއެސްލީ އަކީ ރާއްޖޭގެ މާކެޓުގައި މަޝްހޫރު އަދި މީހުންގެ މަގުބޫލުކަން ލިބިފައިވާ އުފެއްދުން ތަކެކެވެ.

ޕްރޮޓީން އާއި ފައިބަރު އެކުލެވިގެންވާ ބެގްރީސްގެ ހުރިހާ ބާވަތަކީ ވެސް ސިއްހަތަށް ސަމާލުކަންދޭ މީހުންނަށް ހާއްސަ ބާވަތެއް ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބުނީ ރެޑްވޭވްގެ ފިހާރަތަކުން ވިއްކާ ބެގްރީސް ގެ ހުރިހާ ވައްތަރެއް ހޯލްސޭލްވެސް ލިބެން ހުންނާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top