ފެބްރުވަރީ4، ސަރުކާރު ބަންދު

b_DcSd7Ef0ax6w70JwuXKwDs2Qz.jpg

03 ފެބްރުއަރީ 2020، މާލެ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމިއްޔާތަށާއި ރިޔާސީ ބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

އަންނަ ފެބްރުވަރީ މަހުގެ 4ވަނަ ދުވަހަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ކަމަށް ވާތީ އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ހާމަކުރިގޮތުގައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް 21 ޖަނަވަރީ 2019ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީ، ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ފެބްރުވަރީ 4 ވާ ބުރާސްފަތި ދުވަސް ކަމަށް ވާތީ އެ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެކެވެ.

ކޮންމެ އަހަރަކަށް ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ޚާއްސަވެ ސަރުކާރު ބަންދު ކުރައްވަނީ އެދުވަހު ރައީސްގެ ރިޔާސީ ބަޔާން އިއްވަވާތީއެވެ. އެހެންނަމަވެސް ނިމިދިޔަ ރައީސް ޔާމީންގެ ދައުރުގައި ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ބަންދުކޮށްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top