ސޮނެވާގެ ސާވިސްޗާޖް، ބޮލަކަށް 2663ޑޮލަރު

267629325.jpg

ސޮނެވާފުށީ --ފޮޓޯ :ބުކިންގ .ކޮމް

އޭދަފުށީގެ ގިނަ ޒުވާނުން ތަކެއް ވަޒީފާ ކުރަމުން އަންނަ ސޮނެވާ ކުންފުނިން ހިންގާ ސޮނެވާފުއްޓާއި ސޮނެވާޖާނީގެ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސްޗާޖްގެ ގޮތުގައި ބޮލަކަށް 2663 ޑޮލަރު (41،063ރ) ލިބިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފިއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ލަގްޒަރީ ރިސޯޓުތަކުގެލިސްޓްގައި ހިމެނޭ ސޮނެވާފުށީގައި 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އޭދަފުށީގެ ޒުވާނަކު ބުނި ގޮތުގައި މިއީ ސޮނެވާފުށީގެ ތާރީޚުގައި އެތަނުގެ މުވްއަޒަފުންނަށް މިހާ ގިނަ އަދަދަކަށް ސާވިސްޗާޖް ލިބުނު ފުރަތަމަ ފަހަރެވެ.

ކޮވިޑް19ގެ ފަހުން އަލުން ރިސޯޓުތައް ހުޅުވިފަހުން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުން ދާއިރު ދެވަނައަށް އެންމެ ބޮޑު އަދަދެއްގެ ސާވިސްޗާޖް ދީފައިވަނީ ކުރިން ނަންބަރު 1ގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1،832 ޑޮލަރު ދީފައިވެ އެވެ.

މީގެ އިތުރުން ނައުޓިލަސް މޯލްޑިވްސް އިން 1،332 ޑޮލަރު އަދި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން 1،326 ޑޮލަރު ދީފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް 172،552 ޓޫރިސްޓުން އައިސްފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top