ކައްކާގޭސް އަގުހެޔޮކުރަނީ

l_145752560236X2o3.jpg

މޯލްޑިވް ގޭސްކުންފުނިން ވިއްކަމުންގެންދާ 10 ކިލޯ ގޭސް ފުޅިއަކުން 15ރުފިޔާ އަގު ހެޔޮކުރަން ނިންމައިފިއެވެ.

މޯލްޑިވް ގޭސް ކުންފުނީގެ ފަރާތުން މިއަދުބޭއްވި ނިއުސް ކޮންފަރެންސެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން ވިދާޅުވީ އެކުންފުނިން 225ރުފިޔާއަށް ވިއްކަމުންގެންދާ ގޭސްފުޅީގެ އަގު 210ރުފިޔާއަށް އަންނަ މަހުން ފެށިގެން އަގު ހެޔޮކުރަން ނިންމާފައިވާކަމުގައެވެ.

މާލެއާ އަތޮޅުތެރޭގައި މޯލްޑިވް ގޭސް ވިއްކާ ހުރިހާ ފަރާތްތަކުންވެސް ގޭހުގެ އަގަށް މި ބަދަލު ގެންނަންޖެހޭނެކަމަށް މައުމޫނު ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ 10 ކިލޯގެ ގޭސްފުޅި އަގުހެޔޮކުރަން ނިންމީ މިއީ ގޭބިސީ ތަކުގައި އާއްމުކޮށް ބޭނުންކުރާ ސައިޒްކަމަށް ވާތީ އެވެ. އަދި ކުރިއަށް އޮތްތަނުގައި 10ކިލޯއިން ދަށުގެ ގޭސްފުޅިވެސް އަގު ހެޔޮވެގެންދާނެކަމުގައި މައުމޫނު ވިދާޅުވިއެވެ.

މޯލްޑިވްގޭސް ކުންފުނި އުފެދުނު ފަހުން މިއީ އެކުންފުނިން ގޭސް އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top