މަރުހަބާ ކިއުމަށް ދަރިވަރުން ނުނެރޭތި :އެޑިއުކޭޝަން

DSCN0994.jpg

ސަރުކާރުގެ ވެރީންނާއި އިއްޒަތްތެރީން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން މަރުހަބާ ދެންނެވުމަށް ސްކޫލުތަކުގެ ދަރިވަރުން ނުނެރުމަށް އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ މިއަދު އަންގަވައިފިއެވެ.

އެޑިއުކޭޗަނުން މިކަމަށް އެދިވަޑައިގެންފައިވަނީ މިނިސްޓަރ އައިޝަތު އަލީ ސޮއިކުރައްވާ، ސަރުކާރުގެ ސްކޫލުތަކަށާއި މިނިސްޓްރީގެ ބައެއް ޑިވިޜަންތަކަށް ފޮނުވާފައިވާ ސާކިޔުލަކަރ އެއްގައެވެ.

މިނިސްޓްރީގެ ސާކިޔުލަރގައި ބަޔާން ކޮށްފައިވާ ގޮތުން ސަރުކާރުގެ ވެރިންނާއި އިއްޒަތްތެރިން ރަށްރަަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގައި އެފަރާތްތަކަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދަރިވަރުން ގިނަ ވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ޞިއްޙަތަށް ނޭދެވޭ އަސަރު ކުރާ ކަމެއްކަމުގައެވެ.

ހަމައެހެންމެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތައް ގެއްލިގެންދާކަމަށްވެސް މިއަދު ނެރެފައިވާ ސާކިޔުލާ ގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ އިސްވެރިން ރަށްރަށަށް ކުރާ ދަތުރު ތަކުގައި މަރުހަބާ ކިއުމަށް ސްކޫލްތަކުގެ ދަރިވަރުން ނެރުމަކީ މި ރާއްޖޭގައި ވަރަށް ކުރިން ފެށިގެެން ހިނގަމުން އަންނަ ނުބައި އާދައެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top