ކުޑަކުދިންގެ ޑޮކްޓަރު ފުރައިފި. އަންހެނުންގެ ޑޮކްޓަރުވެސް ފުރަނީ..؟!

61727367.jpg

ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ޑޮކްޓަރު އަމިއްލަ ބޭނުމަކު މިދިޔަ ހަފްތާ ފުރިއިރު، އަންހެނުންގެ ޑޮކްޓަރުވެސް 2 ހަފްތާތެރޭގައި އޭދަފުށިން ފުރާގޮތަށް ހަމަޖެހިފައިވާތީ، އެކަން އާންމުންގެ ސަމާލުމަކަށް ގެނެސްފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނީ މިދެޑޮކްޓަރުންގެ ތެރެއިން ކުޑަކުދިންގެ ޑޮކްޓަރ އިގްބާލް މިމަހުގެ 8 ވަނަދުވަހު ފުރާފައިވަނީ އެމަޖެންސީ ލީވެއްގައިކަމަށާ، 10 ދުވަހުގެ ޗުއްޓީއަކަށްފަހު ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެކަމަށެވެ. އަދި އަންހެނުންގެ ޑޮކްޓަރު މޮންދުރު އަންނަމަހުންފެށިގެން ދޮޅުމަހެއްހާދުވަހު އަހަރީ ޗުއްޓީއަށް ރަށުންބޭރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އަންހެނުންގެ ޑޮކްޓަރު ދިގުޗުއްޓީއެއްގައި ދާއިރު އޭނާގެ ބަދަލުގައި އެހެންޑޮކްޓަރަކު ހަމަޖެއްސޭތޯ ބަލަމުންދާކަމަށާ، ޑޮކްޓަރު ނެތުމުން ދިމާވާ ދަތިތަކަށް އާންމުން ދުރާސާ ސަމާލުކަން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އަންހެނުންގެ ޑޮކްޓަރުން ދިގު ޗުއްޓީތަކަށް ދާ މައްސަލައިގައި ދިމާވާ ދަތިތަކަށް ބައެއް އަތޮޅުތަކުގައި މީގެކުރިން އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބ. އަތޮޅުގެ އާންމުން މިފަދަ ދަނޑިވަޅުތަކުގައި އަންހެނުން ވިހެމުގެ ކަންކަމުގައި ގިނަފަހަރަށް ދަނީ މާލެ ނުވަތަ ރ. އަތޮޅު ހޮސްޕިޓަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top