ފޮޓޯއިން ޚަބަރު : އޭދަފުށީގެ ތަރައްޤީގެ 2 މަޝްރޫއެއް ބާރަަށް ކުރިޔަށް

IMG_20170213_081056.jpg

އޭދަފުށި ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުން ކުރިޔަށް ދަނީ / މިމަހުގެ ނިޔަލަށް މިމަސައްކަތް ނިމޭނެކަމަށް އޭދަފުށީ ކައުންސިލުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

ބ. އޭދަފުށި (13 ފެބުރުވަރީ 2017) – އޭދަފުށީގެ ތަރައްޤީއަށް މިއަހަރު ފެށިގެން ކުރިޔަށްދާ މަޝްރޫއުތަކަށް ބަލާލާއިރު ޔޫތް މިނިސްޓްރީން ކުރިޔަށް ގެންދާ އޭދަފުށީ ފުޓްބޯޅަ ދަނޑުގެ ވަށާ ފެންސް ޖެހުމުގެ މަޝްރޫއު އަދި ކުޅިވަރުކުޅޭ 3 ކޯޓެއް ހެދުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މިމަސައްކަތް ފެށުނީ ޖެނުއަރީ 1 ވަނަދުވަހުއެވެ. މީގެ އިތުރުން މިދިޔަ މަހު އޭދަފުށި ޒުވާނުންގެ ކްލަބުން އިސްނގައިގެން އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ފާކެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ވަރަށް ބާރަށް މަސައްކަތް ކުރިޔަށްދާ މިމެމަޝްރޫއުގެ މިހާރުގެ ހާލަތު މިއަދުގެ ފޮޓޯއިން ހަބަރުން ބައްލަވާލައްވާށެވެ.

ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތް . މިމަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެކަމަށް އޭދަފުށީ ކައުންސިލުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

ފުޓްބޯޅަ ދަނޑުގެ އުތުރުން ތަރައްޤިކުރަމުންދާ ކުޅިވަރު 3 ކޯޓްގެ މަސައްކަތް ހިނގަމުންދާ ސަރަހައްދު. މިމަސައްކަތް މިމަހުގެ ނިޔަލަށް ނިންމޭނެކަމަށް އޭދަފުށީ ކައުންސިލްއިން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

އޭދަފުށި ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުން ރޯޝަނީމަގާ ވީފަޅީގައި ކުރިޔަށް ދަނީ / މިމަހުގެ ނިޔަލަށް މިމަސައްކަތް ނިމޭނެކަމަށް އޭދަފުށީ ކައުންސިލުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

ޒުވާނުންގެ ކްލަބުން އޭދަފުށީ އުތުރު ބަނދަރު ސަރަހައްދުގައި ހަދަމުންދާ ޕާކް. 2 މަސްތެރޭ މަސައްކަތް ނިންމުމަށް ޒުވާނުންގެ ކްލަބުން ދަނީ މަސައްކަތް ކުރަމުން / އީވީ ފޮޓޯ: ޕްރިންސް ނަވާ

އޭދަފުށި ޒުވާނުންގެ ކްލަބުން ރަށުގެ އުތުރު ބަނދަރު ސަރަހައްދުގައި ހަދަމުންދާ ޕާކްގެ މަސައްކަތް މިއަދު ކުރިޔަށްދަނީ. މިމަސައްކަތް 2 މަސްތެރޭގައި ނިންމުމަށް އަމާޒުކުރާކަމަށް ޒުވާނުންގެ ކްލަބުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top