މީރާގެ ކަލެކްޝަން ސެންޓަރަށް މުވައްޒަފުން ހޯދަންފަށައިފި

0_131693485041_news.jpg

އަންނަ ސެޕްޓެމްބަރމަހު އޭދަފުށީގައި މޯލްޑިވްސްއިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ފަރާތުން ހުޅުވުމަށް ހަމަޖެހިފައިވާ ކަލެކްޝަން ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާނު ކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވާ އިއުލާނެއްގައިވަނީ އޭދަފުށީގައި ހުޅުވާ ކަލެކްޝަންސެންޓަރަށް ބޭނުންވާ ސީނިއަރ އޮފިސަރ އަދި އެސިސްޓެންޓް ސީނިއަރ އޮފިސަރގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުހުޅުވާލާފައެވެ. މި މަގާމަށް އެދި ކުރިމަތިލުމަށް އަންނަ ސެޕްޓެމްބަރ މަހުގެ 3ވަނަދުވަހާ ހަމައަށް ހުޅުވާލާފައި ވެއެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މީރާގެ ކަލެކްޝަން ސެންޓަރެއް ގާއިމްކުރާނެކަމަށް މީރާއިން ވަނީ ބުނެފައެވެ. އަދި އެ ސެންޓަރުތަކުން ހެޑްއޮފީހުން ދެމުން ގެންދާ ގިނަޚިދުމަތްތަކެއް ލިބެމުންދާނެކަމަށްވެސް ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top