އޭދަފުށީގައި ޔަމަހާ ސާވިސް ކޭމްޕެއް

ޔަމަހަ-2.jpg

ޔަމަހާ އިންޖީނު ސާވިސް ކޮށްދޭ ސާވިސްކޭމްޕެއް އޭދަފުށީގައި ހިންގަން ފަށަައިފި އެވެ.

ޔަމަހާ އިންޖީނުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރ ،އެލިއާ އިންވެސްޓްމަންޓުގެ ފަރާތުން ކުރިއަށް ގެންދާ މި ކޭމްޕް އޮންނަނީ އޭދަފުށީ ބަނދަރު ސަރަހައްދުގައެވެ.

އިއްޔެ އިން ފެށިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ބައިވެރިވުމަށް ބ.އަތޮޅުގެ ހުރިހާ ރަށަކަށް ދައުވަތު ދީފައިވާ ކަމަށް އެލިއާ އިން ބ.އަތޮޅަށް ކަނޑައަޅުއްވާފައި ހުންނަ އިންޗާޖް ނާއިލް ވިދާޅުވިއެވެ. ނާއިލް ވިދާޅުވީ ކޭމްޕްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާން ޖެހޭ ކަމަށާއި ސާވިސް ކުރިއަށް ގެންދާނީ ރަޖިސްޓްރީ ކޮށްފައިވާ ތަރުތީބަށް ބަލައިގެން ކަމަށާއި ރަޖިސްޓަރީ ވުމުން ކޭމްޕަށް އަންނަން ޖެހޭ ގަޑި ބުނާނެ ކަމުގަ އެވެ.

ރަޖިސްޓަރީ ވުމަށް ޖެހޭނީ ހަމައެކަނި ގުޅާލަން. ފުރަތަމަ ރަޖިސްޓަރީ ކުރާ މީހުންނަށް ފުރަތަމަ އިސްކަން ދެނީ. ގިނަ ކަސްޓަމަރުންގެ އަތުގައި އަޅުގަނޑުގެ ނަންބަރުވެސް އޮންނާނެ. ދެން އޮފީސް ކޮޅުންވެސް އޮންނާނީ އިންޖީނު ގެންގުޅޭ ހުރިހާ އެންމެންނަށްވެސް ގުޅާފަ. އަޅުގަނޑުގެ ނަންބަރުވެސް ދީފަ .” ނާއިލް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ގޮއިދޫ ތަންތަނުގަ ފުދޭ ވަރަކަށް ބޮޑެތި މައްސަލަ ޖެހިފަ ހުރި އެއްޗެތި ހުރުމާއެކު އެ އުޅަނދުތައް ދުއްވާފަ މިކޮޅަށް އާދެވޭވަރު ނުވާތީ މި ތަނުން އެއްބަޔަކު ނުވަތަ ދެމީހުން ނަމަވެސް ގޮއިދުއަށް ފޮނުވާލަން ވިސްނަމުންދާ ކަމަށެވެ.

މި ކޭމްޕްގައި ޔަމަހާ އިންޖީނު ސާވިސް ކުރުން ހަމަޖެހިފައިވަނީ އަގަކާ ނުލައެވެ.

“މާނައަކީ އަޅުގަނޑުމެންގެ މެކޭނިކުން އިންޖީނަށް އަރާފަ އޭތި ޑައިގްނޯސްކޮށް އެއަށް ޖެހޭ މައްސަލަ ތައް ހައްލު ކޮށްދިނުމަށް ސަވިސްޗާޖެއް ނުނަގާނެ. ސާވިސް ކުރުމުގެ ހުރިހާ ހަރަދެއް މި ކޮށްދެނީ ހިލޭ. ޔަމަހާ އިންޖީނުގައި ވަކި ގަޑިތަކެއް ހަމަވުމުން ކުރަންޖެހޭ ސާވިސްތަކެއް ހުންނަ އިރު ޔަމަހާގެ ގައިޑް ލައިންސްގަ އޮންނާނެ ސާވިސް ކޭމްޕްތަކުގެ ކުރެވޭނީ މިވެނި ސާވިސް ތަކެކޭ. އެގޮތުން ފުރަތަމަ ކުރާނީ ޑައިގްނޯސް އެއް. އޭގެ ފަހުން ސާވިސް ތައް ކުރިއަށް ގެންދާނީ. އެކަމަކު އޯވަހޯލް ކުރުން ކަހަލަ ކަންތައްތައް އެއީ އެއް ދުވަހުން ނިމޭނެ ކަންތަކެއް ނޫން. އެކަން ކަމެއް ސަވިސްކޭމްޕަކުން ކަވަރެއް ނުކޮށްދޭނެ.” އޭނާ ތަފްސީލު ކޮށްދެއްވިއެވެ.

ނަމަވެސް އިންޖީނުގައި ވައިބްރޭޝަންއެއް ހުރުން، ސްޓާޓް ކުރާއިރު އުދަނގޫ ވުން ނޫނީ ދުވެލި މަޑުވުން މިކަހަލަ ކަންތައްތައް ވަގުތުން ވަގުތަށް ހައްލު ކޮށްދޭނެކަމުގައި އޭނާ ވިދާޅުވިއެވެ.

ސަވިސްކޭމްޕްގެ ދަށުން ސާވިސްކުރާ ކޮންމެ އިންޖިނަކަށް ހަދިޔާއެއްވެސް ލިބެއެވެ.

ކޭމްޕް ކުރިއަށް ދަނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top