ނަށަން ދަސްކޮށްދޭން ދެކޮޅުހެދި 3 ޓީޗަރަކު ސަސްޕެންޑް!

296158_3_db632b8e12e4588677ee498f34ee39fb5bbf77e9_large.jpeg

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ފޮޓޯ: ރައީސް އޮފީސް

އއ. އުކުޅަހު ސްކޫލްގެ ތިން ޓީޗަރަކު ކުދިންނަށް ނަށަން ދަސްކޮށްދޭން އެއްބަސްނުވުމުން ސަސްޕެންޑް ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޓީޗަރުން ސަސްޕެންޑްކުރީ ގައުމީ ތައުލީމީ މަންހަޖުގެ ލަނޑުދަނޑިތަކާ ދެކޮޅަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން ޓީޗަރުން ސަސްޕެންޑު ކޮށްފައިވަނީ ދަރިވަރުން ލައްވައި މިއުޒިކް ކުޅެ ނަށަން ދެކޮޅު ހެދުމުންނެވެ. ސަސްޕެންޑު ކޮށްފައިވާ ތިން ޓީޗަރުންނަކީ ވެސް އުކުޅަހު ޕްރީ ސްކޫލުގައި ކިޔަވައިދޭ ޓީޗަރުންތަކެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުދައްރިސެއްގެ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތަކީ އަދި ޒިންމާއަކީ ގައުމީ މަންޙަޖާ އެއްގޮތަށް ހަވާލުކުރެވޭ ކީ ސްޓޭޖެއް ނުވަތަ ގްރޭޑެއްގެ ދަރިވަރުންނަށް ގައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާސިލު ވާނެހެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށެވެ.

އެހެން ނަމަވެސް އުކުޅަހު ސްކޫލުގެ ތިން ޓީޗަރަކު އެކަންކަން ހާސިލު ކުރުމަށް ދަރިވަރުންނަށް ރާވައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަންކަމަށް ފާޅުގައި ދެކޮޅުހަދައި އެކަންކަން ކުރުމަށް އިންކާރު ކޮށްފައިވާ ކަމަށެވެ.

“އެކަމުގައި ސްކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވެފައިވާތީ، މި މައްސަލައިގެ އިދާރީ ތަހުގީގު ހިންގުމަށްޓަކައި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގެ ދަށުން، 17 ނޮވެންބަރު 2022 އިން ފެށިގެން 7 ދުވަހުގެ މުއްދަތަށް، އުކުޅަހު ސުކޫލުގެ 3 މުދައްރިސަކަށްވަނީ އޮފީހަށް ނިކުތުން މަނާކުރެވިފައެވެ.” އެޑިއުކޭޝަން މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top