ޖަލުން އަންނަ ސްކޭމް ކޯލް ހުއްޓުވަން، އޮންލައިންކޮށް ރިޕޯޓުކުރަން އެދިއްޖެ

407e0461-d1d1-4031-a0a1-c089c86554b2.jpg

ޖަލު ބަންދުގައި ތިބެ، މީހުންނަށް އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ސްކޭމް ކޯލްތައް ހުއްޓުވުމުގެ ގޮތުން، އެފަދަ ކޯލްތައް ޖަލުތަކުގައި ތިބޭ ގައިދީން ގުޅާނަމަ، ނަމްބަރު ހިއްސާކުރުމަށް ހޯމް މިނިސްޓްރީން އެދިއްޖެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު, ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، މީހުންނަށް އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ސްކޭމް ކޯލްތައް އާންމުކޮށް ގައިދީންގެ ފަރާތުން އަންނަ ކަމަށާއި އެހެންވެ، ޖަލަށް ފޯނު ފަދަ މަނާ ތަކެތި ވެއްދުން ހުއްޓުވަން ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ގައިދީން އެކި މީހުންނަށް ގުޅައި ގާނޫނާއި ގަވައިދާ ޚިލާފު އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ އެފަދަ ކޯލްތައް ރިޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން އެކަމަށް ވަންގަވްގެ ލިންކެއް ހަމަޖައްސައިފައިވާ ކަމަށާއި، ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކުކުރެވޭނަމަ، އެ ލިންކަށް ވަނުމަށްފަހު ގުޅި ނަންބަރުގެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަން ހިންގާ ސްކޭމުތަކުގެ ސަބަބުން އެތައް ބަޔަކު ބުރަ މަސައްކަތުން ހޯދާފައިވާ އެތައް މިލިއަން ރުފިޔާއެއް ފޭރިގެންފައި އެބަހުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top