ސަޕޯޓަރުން މިއަދު އޭދަފުއްޓަށް ސަޕްރައިޒެއް ދޭނެ – އޮޅުވެލިފުށި މެނޭޖަރ

18056817_10155023394262881_4174194310015308566_n.jpg

އޭދަފުށި ޓީމް މިދިޔަ ހަފްތާ އޮޅުވެލިފުށްޓަށް ދިއުމުން އެރަށުން ޓީމަށް މަރުހަބާ ކިޔަނީ . މިއަދު އޭދަފުށީ ޓީމަށް އެރަށު ސަޕޯޓަރުން ސަޕްރައިޒް އެއް ދޭނެކަމަށް އެރަށުގެ މެނޭޖަރ ބުނޭ. ފޮޓޯ : އުނގޫފާރު ޑޮޓް ކޮމް

މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފައިނަލް މެޗްގައި މިއަދު އޮޅުވެލިފުށީ ސަޕޯޓަރުން އޭދަފުށީ ޓީމަށް “ސަޕްރައިޒެއް” ދޭނެކަމަށް އޮޅުވެލިފުށީ ޓީމްގެ މެނޭޖަރ ބުނެފިއެވެ.

މެޗްގެ ކުރިން އޭދަފުށީ ވޮއިސްއަށް ދެއްވި އިންޓަވިއުއެއްގައި އޮޅުވެލިފުށި ޓީމްގެ މެނޭޖަރ ޝަރަފުއްދީން މުހައްމަދު ބުނީ އޮޅުވެލިފުށި ޓީމް އޮތީ މެޗަށް ތައްޔާރުވެފައިކަމަށާ، އޮޅުވެލިފުށިން މިއަދުގެ ގޭމް ޕްލޭން ރާވާނީ އޭދަފުށީ ޓީމުން ހީކުރާވަރަށްވުރެ އުނދަގޫގޮތަކަށް ކަމަށެވެ. އޭނާބުނީ ގޭމް ޕްލޭންގެ ބޮޑުބައެއް އޮންނާނީ ސަޕޯޓަރުންގެ އަތުގައި ކަމަށާ، އެމީހުންގެ ފަރާތުން “ސަޕްރައިޒްއެއް” ފެންނާނެކަމަށް އުއްމީދުކުރާކަމަށެވެ.

“އަޅުގަނޑުމެން މޮޅުވާން ހަދަންޖެހޭ ހުރިހާ ހިސާބެއް އޮންނާނީ ހަދާފަ. އެކަން އޮތީ ޓީމަށް ކިޔާދެވިފަ. މިރަށުގެ ސަޕޯޓަރުންނަކީ އާދައިގެ ބައެއްނޫން. އެމީހުންގެ ފަރާތުން އޭދަފުއްޓަށް “ސަޕްރައިޒްތަކެއް” ދަައްކާނެއޭ އަޅުގަނޑު ބުނާނީ. އެމީހުން ވަމުންދާ ތައްޔާރީތައް އަޅުގަނޑަށްވެސް އެނގޭނީ ހަމަ މެޗް ފެށީމަ” ޅ. އަތޮޅު މުބާރާތުގައި އެއަތޮޅުގެ ގަދަބާރު ނައިފަރާއި، ކުރެންދޫ ޓީމް ބަލިކުރުމުގެ ފަހަތުގައި ހުރި އޮޅުވެލިފުށީ މެނޭޖަރ ޝަރަފުއްދީން ބުންޏެވެ.

ޝަރަފުއްދީން ބުނީ އޭދަފުށީގެ މޮޅު ކުޅުންތެރިން ހުއްޓުވުމަށް މިއަދު މަސައްކަތްކުރާކަށް ނުޖެހޭނެކަމަށާ، އެޓީމްގައި އެއަށްވުރެ މޮޅު ކުޅުންތެރިންނާ، ހިކްމަތު އަމަލީ އެބަހުރިކަމަށެވެ. ނަމަވެސް އޭދަފުއްޓަކީ ވޭތުވެދިޔަ އަހަރުގެ ޗެންޕިއަންޓީމް ކަމަށްވާތީއާއި، ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރަކަށްވާތީ، އޭދަފުށީ ޓީމަށް އިޚްތިރާމް ކުރާކަމަށެވެ.

މެޗްގެ ކުރިން އޭދަފުށީ ޓީމްގެ ކޯޗް ބައްޓޭ މީޑިޔާއަށް މާގިނަ ވާހަކަތަކެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ހަމައެކަނި ބުނިހާވެސް ވާހަކައަކީ “ޓީމް ރަނގަޅުވާނެ. އިތުރުކޮމެންޓެއް ނެތް. ހުރިހާ ކަމެއްވެސް ރަނގަޅު” ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top