މީރާގެއޮފީހެއް އޭދަފުށީގައިހުޅުވަނީ

މީރާގެ މާލޭއޮފީސް

މީރާގެ މާލޭއޮފީސް

ދައުލަތުގެ ޓެކްސްއިދާރާ ،އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީހެއް އޭދަފުށިގައި އަންނަ ސެޕްޓެމްބަރުމަހު ހުޅުވުމަށް ތައްޔާރުވަމުން ދާކަމުގައި މީރާއިން ބުނެފިއެވެ.

މިއޮފީސް ހުޅުވުމުން މީރާއިންދޭ މައިގަނޑު ހުރިހާ ޚިދުމަތެއް މިތަނުން ލިބޭނެކަމަށާއި މިފަދަ އޮފީހެއް ހުރުމުގެ ބޭނުމަކީ އެފަރާތުން ދެމުންގެންދާ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުން ކަމުގައި މީރާއިން  ބުނެއެވެ.

އޭދަފުށީގައި މިއޮފީސް ހުޅުވުމުން ވަޒީފާގެ އިތުރުފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށާއި ޓެކްސްޕޭޔަރުންނަށް ޓެކްސްއާއި މިނޫންވެސް މީރާއާއި ގުޅުންހުރި ކަންކަން ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެއެވެ.

މިއަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި މީރާގެ އޮފީހެއް ހުޅުވިގެންދާނެކަމުގައި އެތަނުގެއަހަރީދުވަހުވަނީ އިއުލާންކޮށްފައެވެ.

މިހާރު އަތޮޅުތެރޭގައި މީރާގެ އޮފީސް ހުންނަނީ ހަމައެކަނި އައްޑޫގައާއި ކުޅުދުއްފުށީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top