ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި

58735008_2902187319807799_8693514475736662016_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު--

ދިރާސީއަހަރުގެ ފުރަތަމަ ޓާމްގެ ޗުއްޓީއަށްފަހު ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ދެވަނަ ޓާރމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައިވެސް މިއަދު ފަށާފައިވާއިރު ކިޔެވުން ފަށާފައިވަނީ ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާއި ހަމައަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ދިގު މުއްދަތަކަށް މެދުކަނޑާލުމަށްފަހު، މިއަދު އަލުން ފެށިފައިވަނީ، ރައްކާތެރިކަމުގެ ގޮތުން އެތައް ފިޔަވަޅުތަކެއް ވެސް އަޅައިގެންނެވެ.

އެގޮތުން ސްކޫލްތަކުގެ އިސްވެރިންނާޢި މުވައްޒަފުންނާއި ޓީޗަރުންގެ އިތުރުން ދަރިވަރުން ވެސް ސްކޫލަށް ވަދެފައިވަނީ މާސްކު އަޅައިގެންނެވެ.

ނިއު ނޯމަލް ގައިޑްލައިންގައި ބުނާގޮތުން ސްކޫލުތަކުގައި ފޭސް ޓު ފޭސްކޮށް ކިޔަވައިދޭން ފަށާއިރު ތިން ކެޓަގަރީ އަކަށް ބަހާލައިފައި ވެއެވެ. ސްކޫލުގައި ކިޔަވާ ކުދިންގެ ނިސްބަތުން މިގޮތަށް ބަހާލާފައި ވާއިރު ސިންގަލް ސެޝަނަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަަނަށް ކިޔަވައިދޭ ސްކޫލުތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ސްކޫލުތައް ހުރެއެވެ. މިފަދަ ސްކޫލުތަކުގައި ކުދިން ސްކޫލަށް ގެންގޮސްގެން އަދި އޮންލައިންކޮށް ވެސް ކިޔަވައިދޭން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top