މެދު ކެނޑުމަކަށްފަހު މަގު ހެދުމުގެ މަސައްކަތް ފަށައިފި

mrdc2-768x468.jpg

އެމްއާރުޑީސީ މުވައްޒަފުން އޭދަފުށީ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ. / އީވީ ފައިލް ފޮޓޯ.

މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އޭދަފުށީގެ މަގުހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއާރްޑީސީގެ ފަރާތުން ކުރިއަށް ގެންދާ މިމަސައްކަތް އަލުން ފަށާފައިވަާއިރު މަސައްކަތް މެދު ކެނޑިފައިވަނީ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ނުލިބުމުގެ އިތުރުން ޓެކްނިކަލް ކަންތައްތަކެއް ދިމާވުމުން ކަމުގައި އެމްއާރްޑީސީގެ ފަރާތުން އޭދަފުށީގައި މިމަސައްކަތް ހިންގަން އިސްވެ ހުންނެވި އޮފިޝަލަކު ވިދާޅުވިއެވެ.

“މަސައްކަތް ނުހުއްޓޭ. މެދުކަނޑާލަން ޖެހުނު މައިގަނޑު ސަބަބަކަށް ދިމާވީ މަސައްކަތަށް ބޭނުންކުރި ދޮންވެލި ހުސްވުން. މިހާރުވަނީ ވެލި ލިބޭ ގޮތް ވެފައި. މީގެ އިތުރުން ރަށުގެ ރޯޝަނީމަގުން މިސްކިތާ ހަމައިން ހުޅަނގަށް ހޮޅިތައް ވަޅުލަން ބަލާއިރު މަގުގައި ވަޅުލާފައިވާ ކަރަންޓް މައި ކޭބަލް އާ ޖަންކްޝަންތައް ދިމާވާތީ އެކަން ކުރުމަށްވެސް ހުރަސްތަކެއް ކުރިމަތިވި.”

އޭނާ ވިދާޅުވިގޮތުގައި މަސައްކަތް އަލުން ފަށާފައިވަނީ އެހުރިހާ ކަމެއް ހައްލު ކުުރުމަށް ފަހުގައި ކަމަށެވެ.

އޭދަފުށީގައި ޒަމާނީ ފެންވަރަް ތާރުއަލައިގެން ހަދާ 15 މަގުގެ ތެރެއިން ހޮޅިތަކާއި ޕޭމެންޓްގެ މަސައްކަތް މިހާރު ނުނިމިވަނީ މަދު މަގުތަކެކެވެ. އިތުރު ހުރަސް ތަކެއް މެދުވެރިނުވާނަމަ މި މަގުތަކުގައި ހޮޅިތައް ވަޅުލުމާ ޕޭމަންޓްގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭދަފުށިގެ 15މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމަށް އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 16 ޖޫން 2015ގައެވެ. 33 މިލިޔަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތްފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ތާރުއަޅާނީ ޖުމްލަ 3.36 ކިލޯމީޓަރުގައެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top