ޖެކްލިން ބުނަނީ ސޯނަމްއާއި ރެއާއަކީ ކޮއްކޮއަކާއި ދައްތައެއްކަމަށް

Jacqueline-Fernandez.jpg

ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު އެކްޓްރެސް ޖެކްލިން ފެނާންޑޯސް މިދުވަސްކޮޅު ވަރަށް ބިޒީއެވެ. ޖެކްލިން މިދުވަސްވަރު އުޅެނީ ”ރޭސް 3″ ގެ ޝޫޓިންގ ގައި އަވަދިނެތިއެވެ.

އޭނާގެ ފަހު ފިލްމް “ޖުޅުވާ2 ” އިން 100 ކުރޯޑު ރުޕީސް މާކް ކުރުމާއެކު އޭނާވެސް މިހާރު ހުރީ މިދާއިރާގެ އެންމެ ޓޮޕްގައެވެ. ހަމައެއާއެކު އޭނާ މަސައްކަތްކުރަމުން ދަނީ ފިލްމީ ދާއިރާގެ އެންމެ ޓޮޕް ލެވެލްގެ ޑައިރެކްޓަރުންނާއެކު އެވެ.

ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ޖެކްލިން ވަނީ ފިލްމީ ދުނިޔޭގައި އޭނާއާބެހޭ ގޮތުން ބުންޏޭ ބުންޏޭ ކިޔައިގެން ދެކެވެމުންދާ ބައެއް ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދީފައެވެ. އެގޮތުން ވަރުން ދަވަން އާއި އޭނާއާ ދެމެދު އޮތް ގުޅުމާބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުދާއިރު އެކަމަށް އޭނާ ވަނީ ޖަވާބު ދީފައެވެ.

“ވަރުންނަކީ އަހަރެންގެ ފޭވަރިޓް. ސްކްރީން ގައާއި އަމިއްލަ ދިރިއުޅުމުގައިވެސް. އޭނާ އަކީ ވަރަށް ރަނގަޅު އަދި ކޫލް މީހެއް. ވަރުންނާ އަހަންނާދެމެދު ވަރަށް ގާތް ގުޅުމެއް އޮވޭ. ބޮޑަށް ހީވަނީ އެއީ އަހަރެންގެ އައިޑޮލް ހެން. މީހަކާއެކު މަސައްކަތް ކުރާ ނަމަ އެމީހެއްގެ ގޮތާ މިޒާޖު ދަސްވާނެ. ވާހަކަ މި ދައްކަނީ އެތަޖްރިބާ އަށް ބަލާފަ. ” 32 އަހަރުގެ އެކްޓްރެސް ބުންޏެވެ.

ޖެކްލިން “ޖުޅުވާ 2 ” ކުޅެފައިވަނީ ވަރުން އާ އެކުގައެވެ.

ޖެކްލިން ވަނީ ފިލްމް އިންޑަސްޓްރީއަކީ ވަރަށް ރައްކާތެރިކަމާއެކު އުޅެން ޖެހޭ ތަނެއްކަމަށްވެސް ބުނެފައެވެ. ” އާނ. މި އިންޑަސްޓްރިގައި އުޅެންޖެހޭނީ ވަރަށް ރައްކާތެރިކަމާއެކު . ބައިވަރު ރައްޓެހިން އުޅޭ ކަމަށް ހީވެދާނެ.  އެމީހުންނާއެކު އުޅޭއިރު މޫނު މަތިން ހިނިތުން ވުން ބައެއް ފަހަރު އެއީ ހަގީގަތަކަށް ނުވެދާނެ. ”

ޖެކްލިން ބުނީ ކަންތައް މިހެން ހުރިނަމަވެސް މި އިންޑަސްޓްރީގައި އެކުވެރިކަމާއި އެކަކު އަނެކަކަށް އިހްތިރާމްކުރުންވެސް އޮންނަކަމުގައެވެ. އެގޮތުން މަޗްހޫރު އެކްޓްރެސް ސޯނަމްކަޕޫރުއާ  އޭނާއާ އޮންނަ ގާތްކަމާބެހޭ ގޮތުންވެސް ވާހަކަ ދެއްކިއެވެ.

“އަހަރެންގެ ކެރިއަރގެ ވަރަށް ކުރީކޮޅު ސޯނަމް ހޯދީ. އަހަރެން އޭރު ދިރިއުޅުނީ އެގޭގެ ކުރިމަތީގައި. އޭނާގެ ފަރާތުން އަހަންނަށް ބޮޑު އެހީތެރިކަމަކާއި ގާތް ކަމެއް ލިބިގެން ދިޔަ. އަހަންނަށް އިހުސާސް ކުރެވުނީ އެގެއަކީވެސް އަހަރެންގެ އަމިއްލަ ގޭގެ ގޮތުގައި. އެހެންވެ ސޯނަމް އާއި އޭނާގެ ކޮއްކޮ ރެއާ ކަޕޫރުއާމެދު އާމެދު ދެކެނީ އެއީ ހަގީގީ ކޮއްކޮއަކާ ދައްތައެއްގެ ގޮތުގައި.”

ޖެކްލިންގެ ކެރިއަރ ކާމިޔާބުކަމާއެކު މިހާ ހިސާބަށް އައުމުގައި ސަލްމާން ޚާނާއި އޭނާގެ އާއިލާގެ އިތުރުން ސާޖިދު ނަޑިއާޑްވާލާ އާއި އެއާއިލާގެ އެހީތެރިކަންދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށް އޭނާގެ އިންޓަވިއުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top