ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނެގޮތް ހަދައިދިނުމަށް އެދި ޕެޓިޝަނެއް

raffles-welcome-staff.jpg

ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނެ ގޮތް ހަދައިދިނުމަށް އެދި ކަމާބެހޭ މުއައްސަސާ ތަކާއި ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓީޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އިބްރާހިމް ސިއްދީގު ކިޔާ މީހަކު ހަދާފައިވާ މި ޕެޓިޝަންގައި މިހާތަނަށް 1164 މީހުން ވަނީ ސޮއިކޮށްފައިކަމަށް ބައެއް ނޫސްތަކުން މައުލޫމާތު ދެއެވެ.

“ތުނބުޅި ބެހެއްޓުމަކީ އިންސާނީ ހައްގެއް، މިހައްގަށް ވެސް ރިސޯޓް ތަކުގެ މެނޭޖްމަންޓުން ވަނީ އަރައި ގެންފަ, ތުނބުޅި ނުބެހެއްޓޭ ގޮތަށް ރިސޯޓް ތަކުން ހަދާފަ ހުންނަ ގަވާއިދުގެ ސަބަބުން އެތަކެއް މުވައްޒަފުންގެ ހައްގުތަކެއް ވަނީ ގެއްލިފަ.” ރިސޯޓް ވޯކާސް މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ.

މި ޕެޓިޝަންގައި ސޮއިކުރި މީހަކު ބުނެފައި ވަނީ، ތުނބުޅި ބެހެއްޓިޔަސް ފަތުރުވެރިންނަށް އެއީ މައްސަލައަަކަށް ނުވާ ކަމަށެވެ. ފަތުރުވެރިންނަށް އެކަން މައްސަލައަކަށް ނުވާނަމަ، އެކަން މަނާކުރަންވީ ކީއްވެތޯ އޭނާވަނީ ސުވާލު އުފައްދާފައެވެ.

އަދި އެއީ ހައްގެއްކަމަށް ޕެޓިޝަންގައި ސޮއިކުރި ގިނަ ފަރާތްތަކަކުން ބުނަމުން ދާއިރު، ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ނުބެހެއްޓޭގޮތަށް އޮތުމަކީ އެމީހުންގެ ހައްގަށް އަރައިގަތުން ކަމަށް ބައެއް ރިސޯޓް މުވައްޒަފުން ސިފަކުރެއެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަބަދުވެސް ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

އެގޮތުން މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާ ގާތަށް ނުދެވި އެތައް މަހެއް ވެފައިވާތީއާއި އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލައި، ރިސޯޓް މުވައްޒަފުންގެ ހައްގުގައި މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ، ރިސޯޓްތަކުގައި މަސައްކަތްކުރާ އެތައް ހާސް މުވައްޒަފުންގެ ހައްގުތައް ގެއްލޭތީ ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ މައްސަލަ ހުށަހެޅުއްވި ލަޠީފް ވިދާޅުވެފައިވެއެވެ. އެހެންކަމުން ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް ލަޠީފް ވަނީ ސަރުކާރަށް ގޮޮވާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top