ރާއްޖޭގައި ބަންދުކުރި ކޮކާކޯލާ ފުޅިއަކުން އިންސާނެއްގެ ދަތެއް ފެނިއްޖެ

img_md_202106210650341624283434.4261-850x548.jpg

މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީން ހިންގާ ކޮކާކޯލާ ކުންފުނިން ތައްޔާރު ކުރާ ކޮކާކޯލާ ފުޅިއެއްގެ ތެރެއިން އިންސާނެއްގެ ދަތެއް ފެނިއްޖެއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް ގެ ސީނިއާ ޕްރޮގްރާމް ކޯނިނޭޓަރު އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ކުރީގެ ނައިބްރައީސް އަހްމަދު ތޮލާލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމްއޭޑަބްލިޔުސީ) އިން ބަންދުކޮށްފައިވާ ކޯކް ފުޅިއެއްގެ ތެރެއިން މިއަދު އިންސާނެއްގެ ދަތެއް ފެނިފައިވާ ކަމަށެވެ.

އެ ކޯކުފުޅި ގަތީ ވީބީ މާޓުން ކަމަށާ ދަތް ފެނުނީ ކޯކުފުޅި ކަނޑާލުމަށްފަހު ތައްޓަކަށް އެޅި ފަހުން ކަމަށްވެސް އޭނާވިދާޅުވެފައިވެއެވެ.

ސޯޝަލް މިޑިއާ ގައި މި ފޮޓޯ އާއްމު ވަމުން އަންނަ އިރު ކޮކާކޯލާ ކުންފުނީން އަދި މިކަމާބެހޭ ގޮތުން ވަކި އެއްޗެކޭ ނުބުނެ އެވެ.

އެމްއޭޑަބްލިޔުސީ އަކީ ބެވްރޭޖްގެ ބާވަތްތައް ރާއްޖޭގައި އުފައްދާތާ 30 އަހަރުވެފައިވާ ކުންފުންޏެކެވެ. ކޯކާކޯލާގެ އިތުރުން 12 އިންޓަނޭޝަނަލް ބްރޭންޑެއް އެ ކުނފުނިން އުފައްދައި ބާޒާރަށް ނެރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top