އޭދަފުށީގައި ސޯލާއިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރަން ބީލަމަށް!

b_0eyLNpo3co8ISkz7v6Yt1b2aJ.jpg

އޭދަފުށީގައި ސޯލަރ ޕީވީ ނިޒާމް ގާއިމުކުރުމަށް ހުޅުވާލި ފުރުސަތުގައި އެމަސައްކަތްކުރުމަށް ޕްރީ ކޮލިފިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދައުވަތު ދީފިއެވެ.

ސޯލާ ޕީވީސީ ނިޒާމު ގާއިމު ކުރުމަށް އޭދަފުށި ހިމެނޭ ގޮތަށް އިތުރު 5 ސަރަހައްދެއްގައި މި ނިޒާމު ގާއިމު ކުރުމަށް ބިޑަށް ހުޅުވާލާފައިވާއިރު ސަރަހައްދުތައް ކަނޑައަޅާފައިވަނީ ރާއްޖޭގެ އާބާދީ ބޮޑު ހަ ސަރަހައްދު ގައިކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއީ އެންވަޔަރަންމެންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކު ގުޅިގެން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓް ސޯލަރ ޕީވީ ގާއިމުކުރާ ރަށްތަކަކީ އައްޑޫ ސިޓީ (ހުޅުދޫ މީދޫ ހިމެނޭ ގޮތަށް) އާއި ފުވައްމުލައްސިޓީއާއި ކުޅުދުއްފުށި ސިޓީއާއި ޅ.ހިންނަވަރާއި ގދ.ތިނަދޫ އެވެ.

މި ސަރަހައްދުތަކުގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމަށް ބީލަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހެވެ.

މި މަޝްރޫޢުގެ މަސައްކަތަށް ހުޅުވާލުމުން 61 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. މި ފަރާތްތަކުން ޕްރިކޮލިފިކޭޝަން ހުށަހެޅުމަށްޓަކައި ރަޖިސްޓަރވެފައިވާ ކަމަށާއި އޭގެތެރެއިން 34 ކުންފުންޏަކުން ވަނީ މި ނިޒާމްތައް ގާއިމްކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހަޅާފައި ކަމަށް އެންވައިރަންމެންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ، މިފަދަ މަޝްރޫޢުތަކުގައި އަމަލުކުރާ އުސޫލުތަކަކީ މަޝްރޫއަށް އިއުލާންކޮށް ޕްރިކޮލިފިކޭޝަން ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށް މި ކުންފުނިތަކަކީ މިފަދަ މަސައްކަތްކުރުމަށް ފަންނީ އަދި މާލީ ގާބިލުކަން ހުރި ކުންފުނިތަކެއްތޯ ވަޒަންކޮށް،  ބީލަން ހުށަހެޅުމުގެ ދައުވަތު ދެނީ ހަމައެކަނި ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށެވެ.

އެގޮތުން މި މަޝްރޫޢުގެ މަސައްކަތަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ޝަރުތުހަމަވެ ބީލަން ހުށަހެޅުމުގެ ދައުވަތު އެރުވީ 12 ކުންފުންޏަކަށެވެ.

އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލަރ ހަކަތައިގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top