ސްކޫލް ބަންދު ގައި ދަރިވަރުންގެ އިނގިރޭސި ފެންވަރު ރަނގަޅު ކުރަން ރަނުގެ ފުރުސަތެއް!

dQtQtYov5MRNZCnGXdZPlim19ZYNex0WpK2VVHNB.jpeg

ފޮޓޯ :އަވަސް.އެމްވީ

ސްކޫލް ބަންދާ ދިމާކޮށް، އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންގެ އެހީގައި ދިވެހި ދަރިވަރުންނަށް އިނގިރޭސި ދަސްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އުގައިލްގެ ފައުންޑޭޝަނުން ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުން ދާ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.

ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ގެންދަން ހަމަޖެހިފައިވާ، މި ޕްރޮގްރާމްގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް ޕްރޮފެސަރ އުގެއިލް މިއަދު ވަނީ އެދިވަޑައިގެންފައެވެ.

ކުޑަކުދިންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމުގެ ގޮތުން ސްކޫލް ޗުއްޓީއާ ދިމާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކިޔަވާދެއްވާނީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންނެވެ.

މި ޕްރޮގްރާމަކީ އުމުރުން ހަތް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ލިޔުމުގެ ހުނަރުތަކުގެ އިތުރުން އިނގިރޭސި ޕްރޮނައުންސިއޭޝަން ވެސް ކިޔަވައި ދޭނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފީއެއް ދައްކާކަށް ނުޖެހެއެވެ.

ޖުލައި މަހުގެ 01 ވަނަ ދުވަހު މި ޕްރޮގްރާމް ފަށަން ހަމަޖެހިފައިވާ އިރު މި ޕްރޮގްރާމް ކުރިއަށް ދާނީ އޮގަސްޓް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.

އުގައިލް ފައުންޑޭޝަނުން މީގެކުރިންވެސް ވަނީ ރާއްޖޭގެ ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ތަފާތު ތަމްރީން ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top