ރާއްޖޭން ނެތިދިއުމުގެ ބިރު އެންމެބޮޑީ އެކި ބާވަތުގެ ވެލާ

400.jpg

ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ތެރެއިން ރާއްޖޭން ނެތިދިއުމުގެ ބިރު އެންމެ ބޮޑީ އެކި ބާވާތްތަކުގެ ވެލާ ކަމަށް ބުނެފި އެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ “ރެޑް ލިސްޓް” ގައި ރާއްޖޭން ނެތިދިއުމުގެ ބިރު އެންމެ ބޮޑީ ވެލާތައް ކަމަށްވާތީ މިކަމާ ބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ލިސްޓްގައި ހިމެނޭ ވެލާގެ ބާވަތްތައް ހިމާޔަތްކުރަން ރާއްޖޭން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އައިޔޫސީއެންގެ “ރެޑް ލިސްޓް” ރާއްޖޭގައި އުޅޭ ވެލާހެ ފަސް ބާވަތެއް ހިމެނެ އެވެ. އެއީ ލެދަބެކް ސީ ޓާޓަލް (މުސިންބީ)، އޮލިވް ރިޑްލީ ޓާޓަލް (ވާވޮށި ވެލާ)، ގްރީން ސީ ޓާޓަލް (ވެލާ) ،ލޮގަހެޑް ސީ ޓާޓަލް (ބޯބޮޑު ވެލާ) އަދި ހޯކްސް ބިލް ސީ ޓާޓަލް (ކަހަނބު) އެވެ.

ރާއްޖޭގެ ކަނޑުތަކުން އެންމެ އާންމު ގޮތެއްގައި ފެންނަ ވެލާގެ ބާވަތަކީ ކަހަނބެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ކަހަނބު ފެނެއެވެ. އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކަހަނބު ބިސް އަޅާ އިރު، ކަހަނބުގެ އާބާދީ ދަށަށްދާ ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ހެދި ދިރާސާއެއްގައި 3،982 ކަހަނބު ފެނިފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ޅަ ކަހަނބެވެ.

ރާއްޖޭން ނެތިއުމުގެ ބިރު އެންމެ ބޮޑު ބާވަތަކީ ވެލާ ކަމަށް ވާ އިރު ފަހަކަށް އައިސް ވެލާ ބިސް އަޅަން އާންމު ނޫން ތަންތަނަށް އަރާކަން ފާހަގަ ކުރެވިފައިވެ އެވެ. އެގޮތުން ދާދި ފަހުން މާލެ އަށް ވެސް ދެ ފަހަރެއްގެ މަތިން ވެލާ އަރާފައިވެ އެވެ.

ވެލަ އަކީ ހިފުން މަނާކޮށްފައިވާ ބާވަތަކަށް ވިޔަސް ވެލާ ހިފާ މައްސަލަ އަކީ ދޭތެރެ ދޭތެރެ އިން ރާއްޖޭގައި ފެންމަތިވާ މައްސަލައެކެވެ. އަދި ކަނޑުފަޅަށް އުކާ ޕްލާސްޓިކް ކޮތަޅާއި މަސްހިފާ ދާ ފަދަ ތަކެތީގެ ސަބަބުން ވެސް ވެލާތަކަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top