ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ ދިހަ މީހުން. މީހަކަށް ފަސްހާހަށްވުރެ ގިނަ ރުފިޔާ

ކައުންސިލް.jpg

އޭދަފުށީ ކައުންސިލްގެ އިދާރާ

ފަގީރުންގެ ގޮތުގައި މި އަހަރު އޭދަފުށީގައި ރަޖިސްޓްރީ ކޮށްފައިވަނީ 10 މީހުން ކަމާއި ފިތުރު ޒަކާތުގެ ފައިސާއިން ކޮންމެ ފަގީރަކަށް މި އަހަރު 5000 އަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރަށު ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އޭދަފުށީން ފިތުރު ޒަކާތް ދައްކާފައިވަނީ 2948 މީހުން ކަމާއި ޒަކާތުގެ ގޮތުގައި މިއަހަރު ލިބިފައި ވަނީ 51,512.00ރ. އާއި 28.2 ކިލޯގްރާމުގެ ހަނޑޫކަމުގައެވެ.

މި ފައިސާ ފަގީރުންގެ މެދުގައި ބަހާލުމުން ކޮންމެ މީހަކަށް 5,151.20ރ. އަދި 2.618ކިލޯގްރާމު ހަނޑޫ ލިބެ އެވެ.

ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނި މިރޭ 9:30 އިން ފެށިގެން އޭދަފުށީ ކައުންސިލް އިދާރާ އިންނެވެ.

މިދިޔަ އަހަރު އޭދަފުށީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 9 މީހުންނެވެ.  ކޮންމެ ފަގީރަކަށް މިދިޔަ އަހަރު 7،000 އަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top