ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ކހގ.jpg

ފޮޓޯ---ސަން އޮންލައިން

މިއަހަރު ބާއްވަން ނިންމާފައިވާ ވާހަކަދެއްކުމުގެ 36ވަނަ ގައުމީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަސް ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހިބަހުގެ އެކެޑަމީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ “އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި މުބާރާތް އޮންނާނީ އަންނަ ފެބުރުވަރީ މަހުގެ12 ވަނަ ދުވަހުން ފެށިގެންނެވެ. މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުލޫއުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުގައި ޝާއިއު ކުރާނެއެވެ.

4 ބަޔަކަށް ބަހާލާފައިވާ މި މުބާރާތުގެ ސްކޫލުތަކުގެ ބައި ތިން ބަޔަކަށް ބެހިފައިވެއެވެ. އެެއީ، ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)، ސާނަވީ ގިންތި (ކީ ސްޓޭޖް 4) އަދި މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5) އެވެ. މަތީ ތައުލީމުގެ ބައި ހުޅުވާލާފައިވަނީ، ޔުނިވަސިޓީ، ކޮލެޖު، އިންސްޓިޓިއުޓް، އެކެޑަމީ ތަކަށެވެ. އަމިއްލަފަރާތްތަކުގެ ބައި ހުޅުވާލާފައިވަނީ، 18 އަހަރުން ދަށުގެ އުމުރު ފުރައާއި18 އަހަރުން މަތީގެ އުމުރުފުރާ އަށެވެ. މީގެ އިތުރުން، އޮފީސް، ކުންފުނި، ކުލަބު، ޖަމިއްޔާ، ތަކުގެ ބައެއްވެސް ހިމެނެއެވެ.

އެ އެކެޑަމީން މައުލޫމާތު ދިން ގޮތުގައި، މި މުބާރާތުގެ މަތީ ތައުލީމުގެ ބަޔާއި އޮފީސް، ކުންފުނި، ކުލަބު، ޖަމިއްޔާ، ޖަމާއަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top