ބ.އަތޮޅު ކައުންސިލުގެ މިއަހަރުގެ ބަޖެޓަކީ 29.3 މިލިއަން ރުފިޔާ

ޖކޖ.jpg

ބ.އަތޮޅު ކައުންސިލުގެ މިއަހަރުގެ ބަޖެޓަށް 29.3 މިލިޔަން ރުފިޔާ ކަނޑައަޅައި ބަޖެޓު މިއަދު ފާސްކޮށްފި އެވެ.

ބ.އަތޮޅު ކައުންސިލުގެ އިދާރާގައި މިއަދު މިކަމަށް ޚާއްސަކޮށްގެން ބޭއްވި ޖަލްސާގައި ބަޖެޓު ފާސްކުރީ ހުރިހާ މެންބަުންގެ އިއްތިފާގުންނެވެ.

މި ބަޖެޓުގައި މި އަހަރު ދައުލަތުން ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ދިހަ މިލިއަން ރުފިޔާ އާއި ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި 8 މިލިއަން ރުފިޔާ އަދި ކައުންސިލުގެ އާމްދަނީގެ ގޮތުގައި 11 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މީގެ އިތުރުން ދައުލަތުގެ ގްރާންޓުން ލިބިފައިވާ ފައިސާގެ 5 ޕަސެންޓަށްވާ 5 ލައްކަ ރުފިޔާ ރިޒާވްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

އަތޮޅުކައުންސިލުގެ ހިންގުން ހަރުދަނާ ކޮށް ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް އަތޮޅު ކައުންސިލުތަކަށް ބާރާއި ފައިސާ ގ އަދަދު ބޮޑުކޮށް ދީފައިވިޔަސް ކައުންސިލުތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެ ޝަކުވާ ގިނަ ރައްޔިތުން ކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top