އޭދަފުށި ރަހަ : އާސިޔަތުގެ ބަދިގެއިން ޗީޒީ ލަންޗަން މީޓް ރޯލްސް

viber_image_2020-05-15_20-35-01.jpg

ފުށްގަނޑު ހެދުމަށް ބޭނުންވާ ތަކެތި

1 ސައިސަމުސާ ޔީސްޓް

1 ސއި ސަމުސ ހަކުރު

½ ސައިސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ މާޖަރިން

2 ޖޯޑު ފުށް

1 ބިސް

½ ޖޯޑު ހަކުރު

1/2 ޖޯޑު ކިރު

½ ޖޯޑު ތާފަނާ ފެން

 ފިލިންގ ހެދުމަށް ބޭނުންވަނީ

250ގްރާމް ލަންޗަން މީޓް (ކުދިކޮށް ކޮށާފައި )

1ފިޔާ (ކުޑަ)

1 ލީކްސް (ކުޑަ)

1 ކެޕްސިކަމް

½ ޖޯޑު ބެލްޕެޕަރ (ރަތް )

½ ޖޯޑު ބެލްޕެޕަރ (ރީނދޫ )

ރަހަލާ ވަރަށް ލޮނު

ޜޯލް ތައްޔާރު ކުރުމަށް

5 ފޮތި ސޭންޑްވިޗް ޗީޒް

125 ގްރާމް މޮޒެރެއްލާ ޗީޒް

ފުށްގަނޑު ތައްޔާރު ކުރާ ގޮތް

ޔީސްޓް އާއި ހަކުރުކޮޅު ތާފަނާ ފެނުގައި ގިރާލާފައި 5މިނިޓް ވަންދެން މަތި ޖަހާފައި ބަހައްޓާލާށެވެ.

ދެން ފުށް ލޮނު އަދި ބިސް އަޅައިގެން އެއްކޮށްލުމަށްފަހު ރަނގަޅަށް ފުށްގަނޑު މޮޑެލާފައި އޭގެ ތެރެއަށް ކިރު ކޮޅާއި ބާކި ހުރި ހުރިހާ އެއްޗެއް އަޅާލާފައި 1 ގަޑި އިރުވަންދެން ތައްޓަކަށް ލާފައި ވައި ނުވަންނަ ގޮތަށް ބަންދު ކޮށްލާށެވެ.

ދެން ފިލިންގ ހަދަން ފަށާށެވެ.

ލަންޗަން މީޓް ނޫން ހުރިހާ އެއްޗެއް ކުޑަ ތެޔޮކޮޅެއްގައި ހަނާ ކޮށްލާފައި އޭގެ ތެރެއަށް ލަންޗްއެން މީޓްކޮޅު އަޅާލާށެވެ.

ފުސްގަނޑު 4 ބައި ކޮށްލާފައި ރޮށި ދަމާގޮތަށް ދަމާލާށެވެ. ޗީޒްފޮތި އަޅާލުމަށް ފަހު އޭގެ މައްޗަށް، ތައްޔާރު ކުރި ލަންޗްއެންމީޓް ކޮޅު އަޅާލާށެވެ. އެންމެ މައްޗަށް މޮޒެރެއްލާ ޗީޒްކޮޅު އަޅާފައި ރޯލް ކޮށްލާށެވެ. އަދި ދިގުމިނުގައި 3އިންޗި ހުންނަ ވަރަށް ކަފާލާފައި ޓްރޭ އެއްގައި އަތުރާލާށެވެ. ރޯލްތައް މަތީގައި ބިހުުގެ ގޮބޮޅި ހާކާލާފައި މަތިން ބަންދު ކުރުމަށްފަހު 15މިނިޓް ވަންދެެން ބަހައްޓާށެވެ. އެންމެ ފަހުން 250 ޑިގްރީގައި އަވަން ބަހައްޓައިގެން 20މިނިޓް ވަންދެން ފިހެލާށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top