މީޑިއާސެންޓަރުތަކަށް ދިރުންއަންނަނީބާ!

b.atoll-media-centre.jpg

ބ.އަތޮޅު މީޑިއާ ސެންޓަރ ފޮޓޯ: އީވީ

ރައީސް މައުމޫން ދައުރުގެ ފަހުކޮޅު އަތޮޅުތެރޭގައި ހިނގާ ކަންތައްތައް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ހަ ސަރަހައްދެއްގައި އުފެއްދެވި މީޑިއާ ސެންޓަރުތަކަކީ ބޭނުންތަނެއްނޫންކަމަށް އޭގެ ފަހުން ވެރިކަމަށް އައި ރައީސް ނަޝީދުގެ ސަރުކަރާށް ފެނިގެން 2010ވަނައަހަރު އެތަންތަން ވަނީ އުވާލާފައެވެ. އެ ސެންޓަރުތައް ގާއިމްކުރި ރަށްތަކުގެތެރޭގައި އޭދަފުށިވެސް ހިމެނެއެވެ. ބ. އަތޮޅު މީޑިއާސެންޓަރުގެ ނަމުގައި ހިންގަމުން ގެންދިޔަ މިސެންޓަރުންވަނީ އަތޮޅުގައި ހިނގާ މުހިއްމު ކަންތައްތަކުގެ ޚަބަރާއި މައުލޫމާތުގެ އިތުރުން އާއްމުން މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތަކެއްވެސް އުފައްދައި ރައްޔިތުންގެ ބޮޑުތާއީދެއް ހޯދާފައެވެ.

މިއިމާރާތުގައި ކުރަމުންއައި މަސައްކަތް ހުއްޓާލާފައިވީނަމަވެސް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދާ ހަމައަށްވެސް ދަނީ މިތަން ބަލަހައްޓަމުންނެވެ. އެތަނުގައި މަސައްކަތްކުރި ޕްރޮޑިސަރ ވިދާޅުވިގޮތުގައި އޭރު ބޭނުންކުރި ހުރިހާ އިކްވިޕްމަންޓަކާއެކު މިހާރުވެސް ހުރީ މަސައްކަތް ފެށޭ ގޮތަށެވެ.

އުފާވެރި ޚަބަރަކީ ސަރުކާރުން މިހާރު އަނެއްކާވެސް މި އިމާރާތް ތަކުގެ ބޭނުން ހިފަން ފަށާފާނެގޮތަކަށް ވާހަކަ ދެކެވެމުން އަންނަކަމެވެ. މިކަމަށް އިތުރު ބާރެއް ލިބުނީ މިމަހުގެ29 ވަނަދުވަހު ނުވަތަ ދިވެހިރާއްޖޭގެ އަޑުގެ އަހަރީދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް އިން އަލަށްފެށި ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޭޑިއޯޗެނަލް އިފްތިތާހްކުރުމުގެ ޖަލްސާގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލު ދެއްކެވި ވާހަކައިންނެވެ.

ޚަލީލުވިދާޅުވީ މީޑިއާ ޕްރޮޑަކްޝަން ސެންޓަރުތައް ހުއްޓާލުމާއި އަތޮޅުތަކުގެ ޚަބަރު ކަވަރަކުރާނެ މީހުން އަތޮޅުތަކުގައި ނެތުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އެހެންކަމުންރާއްޖޭގެ އަތޮޅުތަކުގައި ހިގާ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގެ ޚަބަރާ މައުލޫމާތު ގެނެސްދެވޭނެ އިންތިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްސަ މަޝްރޫއެއް އެކުލަވާލުމުގެ މަޝްރޫއެއް ފަށައިފިކަމުގައި ވިދާޅުވިއެވެ. އަދި މި މަސައްކަތް ފަށަން ޖެހުނީ އަތޮޅުގައި ހިނގާ ކަންތައްތައް އެތަންތާނގައި ބަޔަކު ބައިތިއްބައިގެން ގެނެސްދިނުމާއި އެތަންތަނުގައި މީހުންނެތި މިކަންކުރުމުގައި މިކަމުގެ މަގްސަދު ހާސިލްވުމުގެ މިންވަރުގައި ހުރި ތަފާތު ބޮޑުކަމުންކަމުގައި ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވިގޮތުގައި ޕަބްލިކް ސަރވިސް މީޑިއާއިން އަތޮޅުތަކުގެ ޚަބަރާއި ޕްރޮގްރާމްތައް ގެނެސްދިނުން ދެ ގޮތަކަށް ކުރިޔަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭ ކަމުގައެވެ. އެއްގޮތަކީ އަތޮޅުތަކުގައި މީޑިއާ ޕްރޮޑަކްޝަން ސެންޓަރުތައް އަލުން ހިންގަން ފަށައި، އެ ސެންޓަރުތައް މެދުވެރިކޮށް އަތޮޅުތަކުގެ ކަންކަން ގެނެސްދިނުމެވެ. އަނެއް ގޮތަކީ ޢާންމު ފަރާތްތަކަށް، ޚާއްޞަކޮށް ޒުވާނުންނަށް ޚަބަރާއި މަޢުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ތަމްރީނުދީ، އެ ފަރާތްތަކާ ކޮންޓްރެކްޓް ހަދައި އައުޓްސޯސްކުރުމުގެ އުޞޫލުން ކޮންޓެންޓް އުފެއްދުމެވެ.

އެހެންކަމަށްވާނަމަ އޭދަފުށީދައި ޚިދުމަތް ދިނުން ހުއްޓާލާފައިވާ މީޑިއާ ސެންޓަރުގެ ރަންޒަމާން އަނބުރާ އައުމަކީ ނުވާނެކަމެކޭ ބުނުމަށްވުރެ ވުން ކައިރިކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top