ޖަޕާން އަންހެނުންގެ އުމުރުދިގުވެފައި ހަށިގަނޑު ރީތިކޮށްހުންނަނީ ކީއްވެ؟

Why-Japanese-Woman-Never-Get-Fat-and-Live-the-Longest.jpg

ވޭތުވެދިޔަ 25 އަހަރަށް ބަލާއިރު ޖަޕާނުގެ އަންހެނުންނަކީ މުޅި ދުނިޔޭގައިވެސް އެންމެ އުމުރުދިގުކަމަށް ދެވަނައަށް ފާހަގުކުރެވިފައިވާ މީހުންނެވެ. މިމީހުންގެ އެވަރެޖްއުމުރަކީ84.5 އަހަރެވެ. ހަމަމިއާއެކު ދެން ފާހަގަކުރެވޭ އެންމެ މުހިއްމުކަމަކީ ޖަޕާން އަންހެނުންގެ ބަރުދަން އިތުރުނުވެ ހަށިގަނޑާއި ރޫފަ އެއްވަރަކަށް އެންމެންވެސް ތިބޭކަމެވެ. މީގެ ސިއްރަކީ ކޮބާހެއްޔެވެ؟

ޖަޕާންގެ ލިއުންތެރިއެއްކަމުގައިވާ ނައޮމީމޮރިޔަމާ ލިޔެފައިވާ “ޖަޕާން އަންހެނުން މުސްކުޅިވެ އަދި ފަލަވެގެންނުދާނެ. ” މި ފޮތުގައި އެގައުމުގެ އަންހެނުން ކެއުން ބަހައްޓާގޮތާއި ކެއުމުގައި ބޭނުންކުރާ އެއްޗެތީގެ އިތުރުން އެމީހުންގެ ދިރިއުޅުމުގެ އާދަތަކާއި ،ޖަޕާން އަންހެނުން އުމުރުން 80 އަހަރު ވެގެންދާއިރުވެސް ފިޓްކޮށް ތިބޭ ސަބަބު ބަޔާންކުރަމުން ލިޔެފައިވެއެވެ.

“ޖަޕާންމީހުން އާއްމުކޮށް ކެއުމުގައި ބޭނުންކުރާނީ ބަރުދަން ލުއިކުރުމަށް އެހީވެދޭ ކާނާއެވެ. އެއީ ސީވީޑް، ސޯއި، މޭވާއާއި ތަރުކާރީގެ އިތުރުން މަހާއި ބަތް އަދި ގްރީންޓީއެވެ. މިކާނާއަކީ ޖަޕާންމީހުންގެ މައިގަނޑު ގޮތެއްގައި ބޭނުންކުރާ ކާނާ ކަމަށްވާނަމަ މިއީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށާއި ރަނގަޅު ސިއްހަތެއްގައި ހުރުމަށްވެސް ބޭނުންކުރަންޖެހޭ އެއްޗިއްސެވެ. އަދި މިއީ ހަންގަނޑުގައި ރޫޖެހުން ލަސް ކޮށްދިނުމާއި ބަރުދަން އިތުރުވެގެން ނުދިއުމަށް ބޭނުންވާ ގުދުރަތީ މާއްދާތައް އެކުލެވިފައިވާ ކާނާއެވެ.
މީގެ އިތުރުން ޖަޕާންމީހުން ކެއުމުގައި ގެންގުޅޭ ރީތި އާދަތައް އެމީހުންގެ ދުޅަހެޔޮކަމާއި ގުޅިފައިވެއެވެ.

ޖަޕާންގެ ސްކޫލްތަކުގައި ދަރިވަރުންގެ ބެލެނިވެރިންނަށް ކިޔަވައިދީފައި އޮންނަނީ ކޮންމެ އެއްޗެއްކާއިރުވެސް ފަރުވާތެރިކަމާއެކު މަޑުމަޑުން ކަމުން ގެންދިއުމަށާއި ކާއެއްޗެތި ހަފާއިރު ސަމާލުކަމާއެކު ލަސްލަހުން ހަފަމުން ގެންދިއުމަށެވެ. މިއީ ކެއުމުގައި ގެންގުޅެން ޖެހޭނެ ގަވާއިދުކަމުގައި ދަސްކޮށްދީފައިވާއިރު އެގައުމުގެ މީހުންގެ ޒަމާންވީ ރަނގަޅުއާދައެއްގެ ގޮތުގައިވެސް ހިމެނިފައިވާ ކަމެކެވެ.

ހުޅަނގާއި އިރުމަތީ ގައުމުތަކުގެމީހުން ކެއުމުގައި ބޭނުންކުރާ އެއްޗިއްސާ ޖަޕާންމީހުންނާ ހުރި އެންމެ ބޮޑު ތަފާތަކީ ޖަޕާންމީހުން ކޮންމެ ކެއުމެއްގައިވެސް ބަތް ހިމެނޭއިރު ޕާނަކީ އެމީހުންގެ ކެއުމުގައި ބޭނުންކުރާ އެއްޗެއްނޫނެވެ. އަނެއްކަމަކީ ކެއުމުގައި ބޭނުންކުރާ ކޮންމެ އެއްޗަކީވެސް ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ސްޓީމްކޮށްފައި ނުވަތަ ފިހެފައި ހުންނަ އެއްޗިއްސެވެ.

ޖަޕާންމީހުންނަކީ ހެނދުނުގެ ނާސްތާއަށް ވަރަށް ބޮޑު އަހައްމިއްޔަތެއްދޭ ބައެކެވެ. އެމީހުންގެ ހެދުނުގެ ނާސްތާގައި ތަފާތުވައްތަރުގެ ލުއި ކެއުމާއި ބުއިން ހުރިކަމުގައިވިޔަސް އޭގައި އެކުލެވިގެންވާ މައިގަނޑު އެއްޗިއްސަކީ ޅަލޮނުމެދާއި މަހާއި ސޫޕް އަދި ސްޓީމްކޮށްފައި ހުންނަ ބަތުގެ އިތުރުން ބިސްގަނޑާއެކު ގްރީންޓީއެވެ.

ޑެޒާޓް ނުވަތަ ކެއުމުގެ ފަހުން ބޭނުންކުރާ ފޮނި އެއްޗިއްސާބެހޭ ގޮތުން މޮރިޔާމާ ބުނެފައިވަނީ މިއީ ވަރަށް މަދުބަޔަކު މަދުން ނޫނީ ބޭނުންކުރާ އެއްޗެއް ނޫންކަމުގައެވެ.

ޖަޕާން އަންހެނުން ރީތިކޮށް ރަނގަޅު ސިއްހަތުގައި ދުޅަހެޔޮކަމާއެކު ތިބޭ އެންމެ ބޮޑު އަނެއްސިއްރަކީ އެމީހުންގެ ދިރިއުޅުމާ ގުޅިފައިވާއާދަތައް ކަމުގައި މޮރިއާނާ ބުނެފައިވެއެވެ. ގިނަ އަންހެނުންނަކީ ގަވާއިދުން ކަސްރަތުކުރާ އަންހެނުންކަން ފާހަގަކޮށް އޭނާ ބުނަނީ ކޮންމެއަންހެނަކީވެސް ކަސްރަތުކުރުމުގެ ގޮތުން ހިނގުމާއި ދުވުން އަދި ބައިސްކަލްދުއްވުން ފަދަ ކަންކަން ކުރާ މީހުންކަމަށްވާތީ އެމީހުންގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމުގެ އިތުރުން ސިއްހަތު ސަލާމަތުންވެސް ބަހައްޓައިދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top