ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

IMG_20220214_100535288.jpg

އޭދަފުށީގެ ޕެޓްރޯލް ޝެޑަކުން މީހަކު ޚިދުމަތް ހޯދަނީ

އެސްޓީއޯއިން ވިއްކަމުން ގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމުގައެވެ.

ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ކުރިން 16.77 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ ލިޓަރަކުން 45ލާރި އަގު ހެޔޮކޮށް 16.32ރުފިޔާ އަށެވެ.

މީގެ ކުރިން 16.55 ރުފިޔާއަށް ޕެޓްރޯލް ލިޓަރެއް މިއަދުން ފެށިގެން ވިއްކަމުން ގެންދާނީ ލިޓަރެއް 15.97ރުފިޔާއަަށް ލިބޭނެއެވެ. އެއީ 58ލާރީގެ ހެޔޮ ވުމެކެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލުގެނައީ ޖޫން މަހުގެ ތެރޭގައެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން 1.95ރުފިޔާ ބޮޑުކޮށްފައިވާއިރު ޑީސަލް ލީޓަރަކުން 1.97ރުފިޔާ ވަނީ ބޮޑުކޮށްފައެވެ.

ކޮވިޑު19ގެ ބަލިމަޑުކަމާއި ރަޝިޔާ-ޔޫކްރައިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔާގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިއުމާއެކު ރާއްޖޭގައިވެސް ތެލުގެ އަގު ވަނީ ބޮޑުކޮށްފައެވެ.

ނަމަވެސް އެސްޓީއޯއިން ބުނީ ތެޔޮ ގަންނަ އަގު ބޮޑިވި ނިސްބަތުން ތެލުގެ އަގު ބޮޑު ނުކުރާ ކަމަށެވެ.

ރަޝިއާ- ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 140 ޑޮލަރަށް އުފުލުނެވެ. ނަމަވެސް، އެމެރިކާ އަދި ޗައިނާ ފަދަ ގައުމުތަކުން ތެލަށް އޮތް ޑިމާންޑް ދަށްވެ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 86 ޑޮލަރަށް ވެއްޓިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top